އަންނަ އަހަރު "ޓައިގާ ވާސަސް ޕަތާން" ގެނެސްދެނީ

އަންނަ އަހަރު "ޓައިގާ ވާސަސް ޕަތާން" ގެނެސްދެނީ

ބޮލީވުޑްގެ ދެ ސްޕަސްޓާރުން ފެނިގެންދާ ފިލްމް "ޓައިގާ ވާސަސް ޕަތާން" އަންނަ އަހަރު މާޗު މަހުގައި ގެނެސްދޭން ނިންމައިފި އެވެ.

މި ފިލްމް އަކީ މިއަހަރު ރިލީޒަ ކުރި ޝާހުގެ "ޕަޓާން" އާއި މިއަހަރު ރިލީޒް ކުރުމަށް ހަޖެހިފައިވާ ސަލްމާންގެ ފުންޗައިޒް "ޓައިގާ" ގެ ކެރެކްޓާ ތަށް ނަގައިގެން ހަދަން ނިންމައިފައިވާ އެއްޗެއް ކަމަށް މައުލޫމާތު ލިބެއެވެ.

މި ދެމީހުން އެކުގައި ފިލްްމް އެއް ކުޅެމުން އަދން ކަން އިއުލާން ކުރި އިރުގައި ސަލްމާން ވަނީ ޝާހުގެ "ޕަޓާން" ގެ ހާއްސަ ފެނިލުމަކުން ފެނިގެން ގޮސްފައިއެވެ. އަދި "ޓައިގާ 3″ ގައި ޝާހްރުކްގެ ހާއްސަ ފެނިލުމެއް ވެސް ހިމެނޭނެ އެވެ.

މި ފިލްމް އަދި އަޅުވާނެ ތާރީހެއް އިއުލާން އެއް ނުކުރެއެވެ. ނަމަވެސް މި ފިލްމް އެމީހުންގެ އެކުގައި ފިލްމް ކުޅުން ފަދައިން ވަރަށް ތާރީހީ ފިލްްމްއަކަށް ވެގެން ދާނެ ކަމަށްވެއެވެ. ސަލްމާނާއި ޝާހްރުކް ކުރިން ވެސް އެކީގައި ފިލްމުތަކެއް ކުޅުނެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ 1995 ގެ "ކަރަން އަރުޖުން" އާއި 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ ސްކްރީންޕްލޭގެ ފުރަތަމަ ޑްރާފްޓް، "ޕަތާން" ގެ ސްކްރީން ރައިޓަރު ޝްރީދާރް ރަވްގަން އާއި ފިލްމު އުފައްދާ ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ވެރިޔާ އަދިތިޔާ ޗޯޕްޅާ ވަނީ ނިންމައިފަ އެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

ސަލްމާންގެ "ޓައިގާ" ކެރެކްޓާއަށް ބިނާކޮށް ދެ ފިލްމެއް މިހާރު ވަނީ ގެނެސްދީފަ އެވެ. "ޓައިގާ 3″ގެ މަސައްކަތް ވެސް ނިމި އަންނަ ނޮވެމްބަރު މަހު 10 ގައި ސިނަމާތަކުގައި އަޅުވަން އަންނަނީ ތައްޔާރުވަމުންނެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ޔަޝް ރާޖު ފިލްމްސްގެ ސްޕައި ޔުނިވާސްގެ ދެ ކެރެކްޓާ ކަމަށްވާ ޓައިގާ (ސަލްމާން ހާން) އާއި ޕަތާން (ޝާހްރުކް ހާން)ގެ މައްޗަށް ބިނާކޮށް ގެނެސްދޭ މި ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *