ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާޢީދުކުރައްވައިގެން، ފަރެސްމާތޮޑާ އެއަރޕޯޓްގެ އެސިސްޓަންޓް މެނޭޖަރ ޙުސައިން ރަޝީދު މަޤާމުން ވަކިކުރައްވައިފިއެވެ.
ފަރެސްމާތޮޑާއަކީ ޑރ.މުޢިއްޒުގެ ރަނިންމޭޓް ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ)ގެ އުފަން ރަށެވެ. އެރަށުން ގިނަ ބަޔަކު އަންނަނީ ޑރ.މުޢިއްޒާއި ސެމްބެއަށް ތާއީދުކުރަމުންނެވެ. ފަރެސްމާތޮޑާ އެއަރޕޯޓްގެ އެސިސްޓަންޓް މެނޭޖަރ ޙުސައިން ރަޝީދު ވަނީ ޕީޕީއެމާ ގުޅިވަޑައިގެންފައެވެ.
މިއާއެކު އޭނާ ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ރީޖަނަލް އެއަރޕޯޓްސްއިން އިން ވަނީ އޭނާއަށް ފޮނުވާފައެވެ. ވަޒީފާއިން ވަކިކުރި ސަބަބެއްކަމަށް އެ ލިޔުމުގައި ބަޔާންކޮށްފައިވަނީ ވަޒީފާގެ މަސްޢޫލިއްޔަތު އެދެވޭ ފެންވަރުގައި އަދާ ނުކުރުމުގެ ސަބަބުން ވަޒީފާއިން ވަކިކުރީކަމަށެވެ. ވަޒީފާއިން ވަކިކޮށްފައިވަނީ މިއަދުއެވެ.
ޙުސައިން ރަޝީދު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ސެމްބެ ވިދާޅުވ ީމިއަދު ފެނިގެން މިދަނީ، ސިޔާސީ އަދި ފަރުދީ ޒިންމާގެ މިނިވަންކަން ނިގުޅައިގަނެ، ޒުވާނުން މަގުމަތިކުރަމުންދާތަންކަމަށެވެ. މިއާއެކު ޒުވާނުންގެ ބައިވެރިވުމާއެކު މުޖުތަމަޢުގެ ކުރިމަގު ބިނާކުރުމަށްޓަކައި ޑިމޮކްރަސީގެ އަސާސްތައް ދަމަހައްޓަން ސެމްބެ ގޮވާލެއްވިއެވެ.
https://x.com/HucenSembe/status/1703785650947076354?s=20
މިސަރުކާރުން ކެމްޕެއިންނަށް ދައުލަތުގެ ވަސީލަތާއި މުވައްޒަފުން ބޭނުންކުރާކަމަށް އިދިކޮޅު ތުހުމަތުކުރެއެވެ. މިއާއެކު ވަޒީފާގެ ބިރު ދައްކާކަމަށްވެސް ތުހުމަތުކުރެއެވެ. ޑރ.މުއިއްޒު ވަނީ އެ ބިރު ދޫކޮށްލާ އެމަނިކުފާނުގެ ކެމްޕެއިނާ ގުޅުމަށް ގޮވާލައްވާފައެވެ. އަދި މިސަރުކާރުން ވަޒީފާގެ ބިރުދައްކައި، ވަޒީފާއިން ވަކިކުރިނަމަވެސް އެ ވަޒީފާ ނުވަތަ އެއަށވްުރެ ރަނގަޅު މުސާރައާއެކު ވަޒީފާ އިއާދަކޮށްދޭނެކަމަށްވެސް މުއިއްޒު ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ