ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ސަރުކާރުން ވަރަށް ބާރު ސްޕީޑުގައި ކުރިއަށްގެންދާކަމަށް ޕީޕީއެމް ޕީއެންސީ ހިންގުމާ ހަވާލުވެހުންނެވި ޢަބްދުއްރަޙިމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ހދ.ކުމުންދޫގައި ޑރ.މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، އެކި މީހުންނަށް ނޭނގި އެމީހުން އެހެންތަންތަނަށް ރަޖިސްޓްރީކުރާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. އެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކުރަމުންދާކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވަނީ ޕީޕީއެމް ޕީއެންސީގެ މެންބަރުންނާއި ސްޓިއަރިން ކޮމިޓީތަކުގެ މެންބަރުން އެކަމަށް ސަމާލުވެ ފާރަވެރިވެ ބެލުމަށް އެދިވަޑައިގެންފައެވެ.
ރީރަޖިސްޓްރޭޝަނަށް ހުޅުވާލިތާ ދެ ދުވަހުގެތެރޭގައި މިހާރު މިވަނީ ފަންސަވިސް ހާހަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފަ. މިއީ އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ އަދަދެއް ނޫން. އެނގިވަޑައިގަންނަވާނެ ކުރީފަހަރު 7 ދުވަސް ދިނީމަވެސް ވިއްސަކަށް ހާސް މީހުންވެސް ރަޖިސްޓްރީ ނުކުރެވުނު. ނަމަވެސް ދެދުވަހުން ފަންސަވިސް ހާސް ފޯމު ހުށައަޅަފަ. މިއީ ގަސްތުގަ އޮޅުވާލައިގެން ނުބައި ނަންނަމުގަ ވައްދައިގެން ހިންގާ ވަރަށް ބޮޑު ވައްކަމެއް.
– އަބްދުއްރަހީމް އަބްދުﷲ
އަބްދުއްރަހީމް މިހެން ވިދާޅުވެފައިވާއިރު، ގިނަ އަދަދެއްގެ އާންމުންގެ އައިޑީކާޑު ބޮޑެތި އަގުތަކަށް ގަންނަމުންދާކަމުގެ ޝަކުވާވެސް ވަނީ ބޮޑުވެފައެވެ. އެފަދަ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދެއެވެ. އަބްދުއްރަހީމް ވިދާޅުވީ އެކަމުގެ ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެވެސް އެބައޮތްކަމަށާއި،އ ެކޮމިޝަންގެ ރައީސް ފުއާދު ތައުފީގްވެސް އެ ކަންބޮޑުވުން އޮތްކަމަށް ވިދާޅުވެފައިވާކަމަށެވެ.
ކޮމެންޓު ފޮނުވާ