ދިވެހިންގެ މިނިވަންކަން ދަމަހައްޓާނީ އަނެއްކާވެސް ތިލަދުންމަތީ ދަރިއެއް: މޮސްޓާ

ދިވެހިންގެ މިނިވަންކަން ދަމަހައްޓާނީ އަނެއްކާވެސް ތިލަދުންމަތީ ދަރިއެއް: މޮސްޓާ

ރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ ދަތި އުދަނގޫ ހާލަތުން އަރައިގަނެ މިނިވަން ކަމާއި އިސްތިޤުލާލު ދަމަހައްޓާނީ އަނެއްކާވެސް ތިލަދުންމައްޗަށް އުފަން ދަރިއެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓަރ) ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ބޮޑު ތިލަދުން މައްޗަށް ޑރ. މުއިއްޒު ކުރައްވާ ދަތުރުފުޅުގައި ރޭ ނޮޅިވަރަންފަރުގައި ވާހަކަ ދައްކަވަމުން މެމްބަރު މޮސްޓާ ވިދާޅުވީ ޤައުމީ ދުވަހެއް ދިވެހިންނާއި ކުރިމަތިވެ ނިމިގެންދާއިރު، ހަގީގީ މާނާގައި ގައުމިއްޔާތެއްގެ ބާރުވެރިކަން ހޯދަން ޖެހިފައިވާކަމަށެވެ. އެކަން ކުރެވޭނީ ބޮޑު ތިލަދުންމަތީގެ ދަރީން މިނިވަންކަމުގެ ދިފާއުގައި މީގެ ކުރިންވެސް ދެއްކި ހިތްވަރު ދައްކައިގެން ކަމަށާއި، އެކަން ކުރަން މިފަހަރުވެސް ނިކުމެ ހުރީ ތިލަދުން މަތީ ދަރިއެއް ކަމަށެވެ.

މޮސްޓާ ވިދާޅުވީ، ދިވެހި ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާ ކަންކަން ހިންގުމުގައި އިންޑިއާގެ އަތެއް އަބަދު ވެސް ވާކަމަށާއި ރާއްޖޭގެ މައްޗަށް އެ ގައުމުގެ ނުބައި ނަޒަރެއް އަބަދު ވެސް އޮންނަކަމަށެވެ.

ދިވެހި ރާއްޖޭގެ މިނިވަންކަން ގެއްލޭ ކޮންމެ ފަހަރަކު އެކަން ހައްލު ކޮށްދެއްވަނީ ބޮޑު ތިލަދުންމަތީގެ ދަރިއަކަށް، ބަދަލެއް ބޭނުން ކޮންމެ ފަހަރަކު ދިވެހި ރާއްޖެ ބަދަލު ކޮށްދިނީ ބޮޑު ތިލަދުންމަތީގެ ދަރިން. އުތީމު ބޮޑު ތަކަުރުފާނުވެސް. ކުޅުދުއްފުށީ ހުސެން އާދަމްވެސް އެއީ މިފަދަ ދަރިން ތަކެއް. އިރާދަކުރެއްވިއްޔާ މި ގައުމުގެ، އަޅުގަނޑުމެންގެ މިނިވަންކަން އަނެއްކާވެސް ދަމަހައްޓަދޭނީ ތިލަދުންމަތީގެ ދަރިއެއް ކަމަށް ވާ ޑރ. މުހައްމަދު މުޢިއްޒު.

– މޮސްޓާ ވިދާޅުވިއެވެ.

މުއިއްޒު މި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފިނަމަ ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކަޑުގައި އިންޑިއާގެ ނިޝާނެއް ނުހުންނާކަމަށް ވެސް މޮސްޓާ ވިދާޅުވިއެވެ. އެ ރަށުގެ ރައްޔިތުން ބޭނުންވި އެތައް ތަރައްގީގެ ޕްރޮޖެކްޓެއް އޮތީ ކުރިޔަށް ނުގޮސް މަޑުޖެހިފައި ކަމަަށާއި ރައްޔިތުންގެ އަޑުއަހައި، މަޝްވަރާގެ މަގުން ކުރިއަށް ދިއުމަށް މިސަރުކާރުން ކުރާ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް މޮސްޓާ ފާހަގަ ކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *