ހުޅުމާލޭ މަގުމަތީގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ހުޅުމާލޭ މަގުމަތީގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

Author
ހުސެއިން
16 ސެޕްޓެމްބަރ 2023 10:22
0

ދުވަން ނުކުމު އުޅުނުކަމަށް ބެލެވޭ މީހަކު ހުޅުމާލޭ މަގުމަތީގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ އެ އިދާރާއަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 8:00 ހާއިރު، މަގުމަތީގައި މީހަކު ވެއްޓިފައި އޮތްކަމަށް ބުނެކަމަށެވެ.

ފުލުހުން މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ "އެއީ ބިދޭސީ ފިރިހެނެއް ކަމަށާއި ދުވަން ނުކުމެ އުޅުނު ކަމަށް ބެލެވޭ،" މީހެއް ކަމަށެވެ.

ފުލުހުން ބުނެފައިވަނީ މަރުވެފައި އޮއްވާ ފެނުނީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.