މުއިއްޒަށް ވޯޓުލާ 8،000 މީހުންގެ ވޯޓުލާ ރަށް ބަދަލު ކުރުމަށް ދަނީ މަސައްކަތް ކުރަމުން: ސައީދު

މުއިއްޒަށް ވޯޓުލާ 8،000 މީހުންގެ ވޯޓުލާ ރަށް ބަދަލު ކުރުމަށް ދަނީ މަސައްކަތް ކުރަމުން: ސައީދު

އިލެކްޝަނުން ހުޅުވާލާފައިވާ ރީ-ރަޖިސްޓްރޭޝަންގެ މަރުހަލާގައި، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވޯޓުލާނެކަން ޔަގީންވާ 8،000 އެއްހާ މީހުން ވޯޓުލާން މިހާރު ރަޖިސްޓްރީ ކޮށްފައިވާ ރަށް ނޫން އެހެން ރަށަކަށް ރީ-ރަޖިސްޓްރީ ކުރުމަށް މިސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމަށް ސަމާލުވުމަށް ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު އިލްތިމާސް ކުރައްވައިފިއެވެ.

މަވެސް ޕީޕީއެމްގެ ނަމުގައި ގިނަ އަދަދެއްގެ ބަޔަކާއިއެކު އާޓްފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މިސަރުކާރުން ރައީސް އޮފީސް ތެރޭގައި މޭޒެއް ބަހައްޓައިގެން މުއިއްޒަށް ވޯޓުލާނެ ކަމުގެ ޔަގީންކަން އޮތް 8،000 މީހުން ވޯޓުލާ ރަށް އެހެން ރަށްތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސައީދު ވިދާޅުވީ މިކަން ކުރަމުންދަނީ ވަކި ބަޔަކަށް ޓާގެޓް ކޮށްގެންކަމަށެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކާއި، ސިވިލްސާވަންޓުންނަށް އަމާޒުކޮށްގެން ކަމަށެވެ. މިތަންތަނުގެ ވަޒީފާތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޔަގީން ކަމަށާއި މުއިއްޒުއަށް ވޯޓުލާ މީހުންނަށް މިގޮތަށް ހަދަމުންދާކަމަށް ސައީދު ވިދާޅުވިއެވެ. އެހެން ކަމުން ކުރިއަށް އޮތް ތިން ދުވަހުގައި މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ސައީދު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ސައީދު ވިދާޅުވީ މިސަރުކާރަށް ދިވެހި ރައްޔިތުންގެ 61 އިންސައްތަ ރައޔްިތުން ނޫނެކޭ ބުނެފައިވާކަމަށެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ މަޑުމަޑުން މިއިންތިޚާބުގެ ކަންކަން ނިމެންދެން ތިބުންކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ މިހާރުވެސް މުއިއްޒު ދަނީ ކެމްޕޭންކޮށް ރައްޔިތުންގެ ތާއީދު ހޯދަނުން ކަމަށާއި، ނަމަވެސް މިސަރުކާރުން ބަލަނީ އޮޅުވާލައިގެން މަކަރު ހަދައިގެން ކަންކަން ކުރަން ކަމަށެވެ.

ސައީދު ވިދާޅުވީ މިރާއްޖެ ބަދަލުލުކޮށް އަމާން އައްސޭރިއަކަށް ގެންދާނީ ޑރ. މުއިއްޒުގެ ޒަޢާމަތުގައި ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *