މުއިއްޒަށް ދޭ ކޮންމެ ވޯޓަކީ އަޅުވެތިކަމުން ސަލާމަތްވުމަށް ދެވޭ ވޯޓެއް: ނާޒިމް

މުއިއްޒަށް ދޭ ކޮންމެ ވޯޓަކީ އަޅުވެތިކަމުން ސަލާމަތްވުމަށް ދެވޭ ވޯޓެއް: ނާޒިމް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑރ. މުއިއްޒުއާއި ބައިއަތު ހިފައި ނިކުތީ ޤައުމު މިހާރު އޮތް އަޅުވެތި ކަމުން ސަލާމަތްކޮށް މިނިވަންކަން ނަގެހެއްޓުމަށް ކުރަންޖެހޭ މަސައްކަތުގައި ސާބިތުކަމާއިއެކު މަސައްކަތް ކުރުމަށް ކަމުގައި އެމްއެންޕީގެ ރައީސް ކާނަލް ރިޓަރޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވި ފޯރިގަދަ އިވެންޓުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މިޤައުމު ދެކެ ލޯބިވާ ކޮންމެ މީހަކުވެސް، ސިޔާސީ ލީޑަރަކަވެސް އަދި ސިޔާސީ ޕާޓީތަކުންވެސް މިވަގުތު ޤައުމު އިސްކޮށް ޑރ. މުއިއްޒުގެ ފަހަތްޕުޅަށް އެރުމަކީ ކުރަންޖެހޭ މުހިންމު ކަމެއްކަމަށެވެ. ޤައުމުގެ މިނިވަންކަން ގެއްލި އަޅުވެތިކަމުގައި އޮތް މިދަނޑިވަޅުގައި މިނިވަންކަން ދެމެހެއްޓުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ނާޒިމމް ވަނީ ގޮވާލާފައެވެ.

އަޅުގަނޑު މިކޯލިޝަނާއި ގުޅުނީ އެކައްޗެއްވެސް ބޭނުން ވެގެން ނޫން. މިޤައުމު ސަލާމަތް ކުރަން އަޅުގަނޑު ބޭނުން. މިޤަައުމު އޮތީ އަޅުވެތި ކަމެއްގައި. އެއްވެސް ކަމެއް ނެތް ބައެއްގެ މައްޗަށް އަޅުވެތި ނުވާ. ބޯހިއްލާލައިގެން ތިބެވޭކަށް މިހާރަކު ނެތް. މިއީ ޤައުމީ މަސައްކަތެއް. މިއަދު ފަހަތަށް ޖެހިއްޖެނަމަ ދެން މިޤައުމު ސަލާމަތެއް ނުކުރެވޭނެ.

– ނާޒިމް ވިދާޅުވިއެވެ.

ނާޒިމްމ ވިދާޅުވީ ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ޑރ. މުއިއްޒު ހެޔޮ ބަދަލެއް ގެންނާނެ ކަމަށާއިމެދު ޝައްކު ނުކުރައްވާ ކަމަށެވެ މިއަދު އިވެންޓް ބޭއްވި ހިޔާ ސަރަހައްދަކީ ރައީސް ޔާމީންގެ ޕީޕީއެމްގެ ތަރައްޤީގެ ކުޑަ މިންވަރެއް ކަމަށާއި، ތަރައްޤީއާއި މިނިވަންކަންވެސް ދެމެހެއްޓޭނީ އެވިސްނުމުގައި އެއަޒުމުގައި މަސައްކަތް ކުރާ ބަޔަކަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވަނީ މިމަހުގެ 30 ވަނަ ދުވަހު އޮންނަ ވޯޓުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ވަކި ފިކުރަކަށް، ވަކި ކުލަޔަކަށް ނުބަލައި ހަތަރު ނަންބަރު ކެންޑިޑޭޓް ޑރ. މުއިއްޒަށް ވޯޓު އަޅާ ފުރާލުމަށް ދަންނަވާފައެވެ. އެވޯޓަކީ މިނިވަންކަމަށްޓަކައި ދެވޭ ވޯޓަކަށް ވެގެން ދާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *