ބަރުލަމާނީ ނިޒާމު ދައުރުގެ ތެރެއިން ގެނައުމާއިމެދު ރައީސްއާއި މަޝްވަރާކުރާނަން: ނަޝީދު

ބަރުލަމާނީ ނިޒާމު ދައުރުގެ ތެރެއިން ގެނައުމާއިމެދު ރައީސްއާއި މަޝްވަރާކުރާނަން: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
08 ޑިސެމްބަރ 2020 09:09
0

ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ އެންމެ ރަނގަޅު ވަގުތަކީ ކޮބައިތޯ ބަލައި، އެކަން ކުރުމުގެ މަޝްވަރާތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއާއި ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކުރިއަށްގެންދަވާ "އާސްކް ސްޕީކަރ"ގެ 2 ވަނަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ އެއްވެސް ޝައްކެތް ނެތް މިންވަރަށް ޔަގީންވަނީ ރާއްޖޭގައި އޮންނަން އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށެވެ. ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އައީ ބަރުލަމާނީ ނިޒާމެއްގެ ވެރިކަން ތައްކަމަށާއި، ރިޔާސީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުވީ ފާއިތުވެދިޔަ 20 އަށް އަހަރުގެ ތެރޭގައިކަމަށެވެ. އަދި މިކަން ބަދަލުކޮށް ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ނޫނީ ރައްޔިތުންނަށް ހެޔޮ ގޮތްތަކެއް ނުލިބޭނެކަމަށް ބަރުލަމާނީ ނިޒާމު ގެންނެވުމަށް މަސައްކަތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވިއެވެ.

ޖުހާ ބުނެފަ އޮތް ވާހަކައެއް އޮވޭ. އެމީހަކު ޤަބޫލު ކުރާ އެއްޗެކޭ އެމީހަކު ޤަބޫލުކުރާނީ. އަޅުގަނޑު އަބަދުވެސް ޤަބޫލުކުރަނީ ދިވެހި ރާއްޖެއަށް އަދި ކޮންމެ ޤައުމަކަށްވިޔަސް، ވެރިކަން ކުރަން އެންމެ ރަނގަޅު، އޮތް ހަމައެކަނި ނިޒާމަކީ، އެންމެ ރަނގަޅުނޫން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމުކަން.

– މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން ވަރަށް ފުޅާދާއިރާއެއްގައި އެމަނިކުފާނުގެ ސިޔާސީ ކަންކަމުގައި އަބަދުވެސް މަޝްވަރާއާއި ލަފާ ހޯއްދަވާ ރައީސް ޞާލިހުއާއި މަޝްވަރާ ކުރައްވާނެކަމަށެވެ. އަދި މިބަދަލު ގެނައުމަށް އެންމެ ރަނގަޅު ވަގުތަކީ ރިޔާސީ އިންތިޚާބުގެ ކުރިންތޯ ނޫންނަމަ މިހާރު ހިނގަމުންދާ ދައުރުގެ ތެރެއިންތޯ ނިންމުމަށް ރައީސް ޞާލިހުއާއި މަޝްވަރާ ކުރައްވައި މިކަން އެންމެ ރަނގަޅު ގޮތަކަށް ގެންދަވާނެކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އިތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބް ކުރެވިދާނެކަމާއިމެދު އެމަނިކުފާނުގެ ހިތުގައި ކުޑަވެސް ސުވާލެއް ނޫފެދޭ ކަމަށެވެ. އިންތިޚާބް އެމްޑީޕީން ބޮޑުތަނުން ކާމިޔާބްވި ނަމަވެސް ރައްޔިތުންނާއި ގާތުން ވެރިކަން ކުރުމަށްޓަކައި މިހާރު އޮތް ނިޒާމު ބަދަލު ވުމަކީ މުހިންމު ކަމެއްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ދެން އަންނަ ރިޔާސީ އިންތިޚާބް ކާމިޔާ ކުރެވޭނެ ކަމާއިމެދު ޝައްކެއްވެސް ނެތް. އެމްޑީޕީން މި އިންތިޚާބު ކާމިޔާބު ކުރެވިދާނެ ކަމާއިމެދު އަޅުގަނޑުގެ ހިތުގައި ކުޑަވެސް ޝައްކެތް ނެތް. ދެން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އެންމެ ރަނގަޅު ވަގުތަކީ ކޮބައިތޯ އެއީ 2023އަށް ފަހުގަތޯ. ނޫނީ އޭގެ ކުރިއަށް ކުޑަތަންކޮޅެއް ލާފައިތޯ. މިކަމުގެ ފުރިހަމަ މަޝްވަރާ ކުރާނީ ސިޔާސީ ކަންކަމުގައި އަބަދުވެސް އަޅުގަނޑު މަޝްވަރާ ކުރައްވާ ބޭފުޅާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއާއި މަޝްވަރާކުރުމަށްފަހު. އަޅުގަނޑުމެން މިކަން ރަނގަޅު ގޮތަކަށް ނިންމާނަން.

– މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ 65 ގޮޑި އެމްޑީޕީއަށް ލިބުމާއި، މަޖިލިސް ރައީސްއަކަށް ރައީސް ނަޝީދު ކަނޑައެޅުމުން، ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ބޭފުޅުންވެސް ރައީސް ނަޝީދު ނިޒާމު ބަދަލުކުރެއްވުމަށް މަސައްކަތް ކުރައްވާކަމަށް ވިދާޅުވެ ވަނީ ވާހަކަ ދައްކަވާފައެވެ. އަދި އެމަނިކުފަނު މަސައްކަތް ކުރައްމުންދަނީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރުގެ މަޤާމަށް އައުމަށްކަމަށްވެސް ވާހަކަ ދެކެވިފައި ވެއެވެ. ރާއްޖޭގައި ވެރިކަން ކުރާނީ ރިޔާސީ ނިޒާމަށް ކަމަށް ކަނޑައެޅީ 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން. ރޭގެ ޓޯލްޝޯގައި އާންމު ފަރާތްކުން ކުރެއްވި ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮވެއްޖެ ނަމަ، އަދި މެޖޯރިޓީ ޕާޓީގެ ލީޑަރަކަށް އެމަނިކުފާނު ހުންނެވި ނަމަ ބޮޑުވަޒީރަކަށް ވާނީ އެމަނިކުފާނުކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.