މަޖިލީހުގެ މެމްބަރުންނަށް ދެނީ އެކަށީގެންވާ މުސާރައެއް: މަޖިލިސް ރައީސް

މަޖިލީހުގެ މެމްބަރުންނަށް ދެނީ އެކަށީގެންވާ މުސާރައެއް: މަޖިލިސް ރައީސް

Author
މުޙައްމަދު ޝަޒައިމް
07 ޑިސެމްބަރ 2020 09:43
0

މަޖިލީހުގެ މެމްބަރުން ކުރައްވާ މަސައްކަތަށް މިހާރު ދެމުންދަނީ އެކަށީގެންވާ ރަނގަޅު މުސާރައެއް ކަމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އާސްކް ސްކީޕާސް ޕްރޮގުރާމުގައި މަޖިލީހުގެ މެމްބަރުންނަށް ދެމުންދާ މުސާރައާއި ގުޅޭގޮގޮތުން އާންމު މީހަކު ކޮށްފައިވާ ސުވާލަކަށް ޖަވާބު ދެއްވަމުން މަޖިލިސް ރައީސް ވިދާޅުވީ މިހާރު ދެމުންދަނީ އެނެމް އެކަށީފެންވާ މުސާރައެއްކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރަން ވައުދެއް ވެފައިވާނަމަ އެކަން ބަލައި އެކަން ކުރާނެކަމަށެވެ. ނަމަވެސް މިހާރު ދެމުންދަނީ ރަނގަޅު އަދަދެއްގެ މުސާރަކަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ މެމްބަރުންނަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 82،000ރ. ލިބިވަޑައިގަންނަވައެވެ. އެކަމަކު ކޮވިޑް-19 އާ ހެދި އިގުތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވުމާ ގުޅިގެން މަޖިލިހުގެ މެމްބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް ދައުލަތުގެ އިސް ބޭފުޅުންގެ މުސާރަ އާއި އިނާޔަތްތައް ވެސް ވަނީ ކުޑަކޮށްފައެވެ. އެހެންވެ މިހާރު ކޮމިޓީ އެލަވަންސާ އެކުގައި ވެސް މެމްބަރަކަށް ލިބިވަޑައިގަންނަވާނީ 69،750.ރ އެވެ.

ފަހުން އައިސް މި ތަން ދައުލަތުގެ މުއައްސަސާއަކަށް މި ތަންވެ، މި ތަނުގައި ތިބޭ މީހުންނަކީ ގަދަރާއި ހައިބަތާއި އިއްޒަތާއި ވިސްނުންތެރިކަމާއި ބުއްދިވެރިކަމާއި އިހްލާސްތެރިކަމާއި މިކަންކަން ހުރެގެން ރައްޔިތުންގެ މަސައްކަތްކޮށް ދޭނެ ބައެއްގެ ގޮތުގައި. އަޅުގަނޑު ދެކޭ ގޮތުގައި މިހާރު ދެނީ ހެޔޮވަރުގެ މުސާރައެއް.

– މަޖިލިސް ރައީސް ވިދާޅުވިއެވެ.

ޖުމްލަ 87 މެމްބަރުން ތިއްބަވާ މަޖިލީހުގެ މެމްބަރެއްގެ އަސާސީ މުސާރަ އަކީ މަހަކު 42،500ރ. އެވެ. މެމްބަރުންނަށް މުސާރައިގެ ގޮތުގައި 42،500ރ. ލިބިވަޑައިގަތަސް އެލަވަންސަށް 20،000ރ. ކަނޑައަޅާފައި ވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.