ރައްޔިތުން ނިކުމެ މި ކޮރަޕްޓު ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނެފި: ކެޕްޓަން އަމީން

ރައްޔިތުން ނިކުމެ މި ކޮރަޕްޓު ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނެފި: ކެޕްޓަން އަމީން

ރައްޔިތުން ނިކުމެ މިޚިޔާނާތްތެރި ސަރުކާރަށް ނޫނެކޭބުނެ ގުގުމާލައިފިކަމަށް މޯލްޑިވިއަންގެ ކުރީގެ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރު އަދި ޑރ.މުއިއްޒުގެ ކެމްޕޭން މެނޭޖަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުން ފުރިހަމަ ކާމިޔާބެއް ޑރ.މުޙައްމަދު މުޢިއްޒު ހޯއްދެވުމާއި ގުޅިގެން އަމީން ވަނީ މުޢިއްޒަށް މަރުހަބާ ދަންނަވާފައެވެ. އަމީން ވަނީ މުޢިއްޒަށް ވޯޓު ދެއްވި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އަމީން ވިދާޅުވީ ރައްޔިތުން ނިކުމެ މި "ސްލޯ" އަދި ޚިޔާނާތްތެރި ސަރުކާރަށް ނޫނެގޭ ބޮޑުތަނުން ބުނެފިކަމަށެވެ. އަމީން ވަނީ ރައީސް ޞާލިޙަށް ވޯޓު ދެއްވި ފަރާތްތަކުންވެސް ކުރިއަށް އޮތް ދެވަނަ ބުރުގައި މުޢިއްޒަށް ވޯޓު ދެއްވާ %70އެކު ކާމިޔާބުކުރެއްވޭނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

އިންތިޚާބުން އެންމެ ގިނަ ވޯޓު ހޯދެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނު ވަނީ 101635 ވޯޓު ހޯދަވައި އިންތިޚާބުގެ %46.06 ހޯއްދަވާފައެވެ. ޑރ.މުޢިއްޒާއި އެންމެ ކައިރިން ވާދަކުރައްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މިގޮތުން މި އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ޞާލިޙްއަށް ލިބިވަޑައިގެންނެވީ 86161 ވޯޓެވެ. އެއީ ވޯޓު ލި މީހުންގެ ތެރެއިން %39.05 މީހުންގެ ވޯޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *