ނެގި ސެލްފީއާ އެއްވަރަށް ވޯޓު ލިބުނުބާ: ސިރާޖު

ނެގި ސެލްފީއާ އެއްވަރަށް ވޯޓު ލިބުނުބާ: ސިރާޖު

Author
މުޙައްމަދު ޝަޒައިމް
09 ސެޕްޓެމްބަރ 2023 08:44
0

ނެގި ސެލްފީއާ އެއްވަރަށް ވޯޓު ލިބުނުތޯ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ސުވާލު ކުރައްވައިފިއެވެ.

ރިޔާސީ ކެމްޕޭން ނިންމާލުމަށް ރައީސް ޞާލިހު ބޭއްވި ޖަލްސާގައި ރައީސް ވަނީ ކެމްޕެއިންގައި ނެގި ސެލްފީގެ އަދަދަށްވެސް އިދިކޮޅަށް ވޯޓު ލިބިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ކެމްޕޭންއަށް ގިނަ ރަށްތަކަކަށް ދެވިއްޖެ ކަމަށާއި ކެމްޕޭންގައި ގިނަ ސެލްފީތަކެއް ވެސް ނެގުނު ކަމަށެވެ.

ނަމަވެސް އެ ސެލްފީތަކުގެ އަދަދަށް ވެސް ވާދަވެރިންނަށް ވޯޓު ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސެލްފީގެ އަދަދުން އެކަނި ވެސް އިރާދަކުރެވިއްޔާ ބަލިވާނެ.

– ރައީސް ވިދާޅުވިއެވެ.

ރައީސްގެ މިވާހައަށް ރައްދު ދެއްވީ އެމްޑީޕީގައި ގިނަ ދުވަސްތަކެއް ވަންދެން އެއްފަރާތްކޮށްފައި ހުރި މޫސާ ސިރާޖެވެ. އެމްޑީޕީގެ ވެރިކަން ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރި ސިރާޖު ވިދާޅުވީ މިހާރު ސެލްފީއާއި އެއްވަރަށް ވޯޓު ލިބުނީ ކާކަށްކަން ސާފުވާނެކަމަށެވެ.

ނެގި ސެލްފީއާ އެއްވަރަށް ވޯޓު ލިބުންބާ؟

– ސިރާޖު ވިދާޅުވިއެވެ.

މޫސާ ސިރާޖަކީ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ތެރެއިން ޑރ.މުއިއްޒުއަށް ތާއީދުކޮށް ބައިއަތު ހިފި ހަމައެކަނި މެމްބަރެވެ. ސިރާޖުގެ ނިންމުމަށް އެމްޑީޕީ މެމްބަރުން ފާޑުކީ ނަމަވެސް ފޮނަދޫއިން ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހު ނެގި ތަފާތު ބޮޑު ނަތީޖާ ޕީޕީއެމްއަށް އަބުރާލައި ސާފު މެޖޯރިޓީ ފޮނަދޫއިން ވަނީ ޑރ.މުއިއްޒުއަށް ހޯއްދަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޗ ޗެ
Kobaa selfie gadu kihineh vanee 🤣🤣🤣�