މިއަހަރުގެ ފަހު ދައުރުގެ މަސައްކަތް ނިންމައި މަޖިލިސް ޗުުއްޓީއަށް

މިއަހަރުގެ ފަހު ދައުރުގެ މަސައްކަތް ނިންމައި މަޖިލިސް ޗުުއްޓީއަށް

Author
މުޙައްމަދު ޝަޒައިމް
07 ޑިސެމްބަރ 2020 05:56
0

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ މަސައްކަތްތައް ނިނމައި މެންބަރުން ޗުއްޓީއަށް ވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ އެންމެފަހު ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ، މަޖިލީހުގެ މިދައުރުގައި ރައްޔިތުންނާއި ގުޅުންހުރި މުހިންމު ބިލްތަކެއްގެ މަސައްކަތް ނިންމާފައިވާކަމަށެވެ. މިމަސައްކަތް މަޖިލީހުގައި މިހާ ކާމިޔާބު ކަމައިކު ކުރެވިފައިވަނީ މަޖިލީޖުގެ މެމްބަރުންނާއި، މަޖިލީހުގެ އިދަރީ މުވައްޒިފުންގެ އެއްބާރުލުމާއި އެކުގައި ކަމަށް މަޖިލިސް ނައިބް ރައީސް އީވާ ވިދާޅުވިއެވެ.

މަޖިލީހުގެ ދައުރުގެ ތެރޭގެ ޖަލްސާގައި 89 ގަޑިއިރު ހޭދަކޮށްފައިވޭ، ކޮމިޓީތަކުގައި 330 ގަޑިއިރު ހޭދަކޮށްފައިވޭ، 15 ބިލެއްގެ މަސައްކަތް ނިންމުނު، ސަރުކާރުން ހުށަހެޅި، ރިޔާސަތުން ހުށަހަޅުއްވާފައިވާ 8 މައްސަލަ، ސަރުކާހު ހުށަހެޅި 8 މައްސަލަ، އަދި އެހިނެހެން 14 މައްސަލައެއް ވަނީ ނިންމިފަ. ވަޒީރުންނާއި ސުވާލު ކުރުމަށް 17 ފަހަރެއްގެ މަތީން ވަޒީރުން ހާޒިރުކޮށް ސުވާލު ކުރެވުނު.

– މަޖިލިސް ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވިއެވެ.

މިދައުރުގެ ތެރޭގައި ފާސްކޮށްފައިވާ މުހިންމު ބިލްތަކަށް ބަލައި ލަމުން އީވާ ވިދާޅުވީ، ތައުލީމީ ބިލާއި، ފުލުހުންގެ ޚިދުމުގެ ބިލާއި، ކުޑަކުދިންގެ ޤާނޫނުގެ އިތުރުން، އިންތިޤާލީ އިންސާފުގެ ބިލު މަޖިލީހުން ފާސްކޮށްފައިވާކަމަށެވެ. އަދި މިދައުރުގައި ކޮމިޓީތަކުން ކޮރަޕްޝަނާއި ދެކޮޅަށް ގިނަ މައްސަލަތަކެއްބެލި އެކަންކަމަށް އިންސާފު ހޯދިފައިވާކަމަށް އީވާ ވިދާޅުވިއެވެ.

މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާއަށްފަހު ދެން މަޖިލިސް ފެށިގެންދާނީ އަންނަ އަހަރުގެ ފެބު އަރީ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.