މާލޭ ފަޅުތެރޭގައި އޮތް މީހަކު ނަގައި، އައިޖީއެމްޗްގައި ފަރުވާދީފިއެވެ.
ފުލުހުން ބުނީ މާލޭ ނޯތު ހާބަރު ފަޅުތެރޭ މޫދުގައި މީހަކު އޮތްކަމުގެ މައުލޫމަތު މިއަދު ހެނދުނު 9:13 ކަންހާއިރު ފުލުހުންނަށް ލިބިގެން ފުލުހުން އެސަރަހައްދަށް ގޮސް ހަރަކާތްތެރިވި ކަމަށެވެ.
އެމީހާ މޫދުން ނަގައިގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ