ރައީސް މައުމޫން، ނަޝީދު، އަދި ވަހީދު ވޯޓު ލައްވައިފި

ރައީސް މައުމޫން، ނަޝީދު، އަދި ވަހީދު ވޯޓު ލައްވައިފި

Author
މުޙައްމަދު ޝަޒައިމް
09 ސެޕްޓެމްބަރ 2023 12:23
0

ކުރީގެ ތިން ރައީސުން ކަމުގައިވާ ރައީސް މައުމޫނާއި، ރައީސް ނަޝީދާއި، ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވޯޓު ލައްވައިފިއެވެ.

ރައީސް މައުމޫން ކެމްޕޭން ކުރެއްވީ ދަރިކަލުން ފާރިސް މައުމޫނަށެވެ. ރައީސް ނަޝީދު ކެމްޕޭން ކުރެއްވީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔަސް ލަބީބަށެވެ. ޑރ.ވަހީދަކީ ފަހު ވަގުތު ޕީޕީއެމްއިން ވަކިވެ ޖުމްހޫރީ ޕާޓީގެ ކެންޑިޑެޓް ޤާސިމަށް ތާއީދުކޮށް ކެމްޕޭން ކުރެއްވި ބޭފުޅެކެވެ.

މިހާތަނަށް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި، ރަނިންމޭޓުންގެ ތެރެއިން ގިނަ ބޭފުޅުން ވަނީ ވޯޓުލައްވާފައެވެ. އަދި ގިނަ އަދަދެއްގެ ޤައުމުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ގެންދަވަނީ ވޯޓު ލައްވަމުންނެވެ.

ރިޔާސީ އިންތިހާބުގައި މިހާތަނަށް ވޯޓްލާފައިވާ މީހުންގެ އަދަދަށް ބަލާއިރު، ހެނދުނު 10:00 ޖެހުމާއި ހަމައަށް 36163 މީހުން ވަނީ ވޯޓްލާފައި. އެއީ ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ 12.81 އިންސައްތަ. ވޯޓްލާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 22403 ފިރިހެނުންނާއި 13760 އަންހެނުން.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.