ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެނޑިޑޭޓް ޑރ. މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވޯޓު ލައްވައިފިއެވެ.
ސެމްބެ ވޯޓު ލައްވާފައިވަނީ ދާދި ދެންމެއަކުއެވެ.
މިއަަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް މިހާރުވަނީ ވޯޓުލާން ފަށާފައެވެ.
މިގޮތުން ރާއްޖޭގެ އިތުރާއި ދެކުނު، އަދި މާލޭގައިވެސް ގިނަ ފޮށިތަކުގައި އެއްވެސް ހަމަނުޖެހުމެއް ނެތި މިއަދު ވޯޓުލާން ފަށާފައިވަނީ ހެނދުނު 8:00 ގައެވެ. އެހެންނަމަވެސް ވޯޓުލާން އޭގެ ކުރިން ގިނަ ފޮށިތަކުގައިވަނީ ކިއު ހަދާފައެވެ.
ވޯޓު ކުރިޔަށް ދާނެ ގޮތް:
ރިޔާސީ އިންތިހާބު 2023 ގެ ވޯޓުލުން ފެށޭނީ، ހެނދުނު 8:00 ގައި.
ވޯޓުލުން ނިމޭނީ ހަވީރު 4:00 ގައި.
ހެނދުނު 7:30 ން ފެށިގެން،
ކިޔޫ ގައި މަޑުކުރެވޭނެ.
ވޯޓުލާން ފުރަތަމަ އަންނަ 2 މީހުންގެ ހާޒިރުގައި ސެކިޔުރިޓީ އުރަ ކަނޑާލުމަށްފަހު، 8 ޖަހާއިރު ވޯޓުލުން ފެށިގެން ދާނެ.
ހަވީރު 4 ޖަހާއިރު ވޯޓުލުމަށް ކިއޫގައި މީހަކު ނެތްނަމަ، ކިޔޫ ބަންދު ކުރާނެ.
ވޯޓު ގުނަން ފަށާނީ އާންމު ގޮތެއްގައި، ހަވީރު 4:30 ގައި.
މިހާރު ހުރިހާ ވޯޓުލާ މަރުކަޒުތަކުގައި އޮފިޝަލުން ދަނީ އިންތިޚާބު މޮނިޓަރ ކުރަމުން.
ވޯޓުލާން ފެށުމާއެކު ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ޙައްގު އަދާކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަމީ އިލްތިމާސް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ