ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރިޔާސީ އިންތިޚާބުގައި ވޯޓުލާން ފަށައިފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރިޔާސީ އިންތިޚާބުގައި ވޯޓުލާން ފަށައިފި

Author
ހުސެއިން
09 ސެޕްޓެމްބަރ 2023 08:39
0

މިއަަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް މިއަދު ވޯޓުލާން ފަށައިފިއެވެ.

މިގޮތުން ރާއްޖޭގެ އިތުރާއި ދެކުނު، އަދި މާލޭގައިވެސް ގިނަ ފޮށިތަކުގައި އެއްވެސް ހަމަނުޖެހުމެއް ނެތި މިއަދު ވޯޓުލާން ފަށާފައިވަނީ ހެނދުނު 8:00 ގައެވެ. އެހެންނަމަވެސް ވޯޓުލާން އޭގެ ކުރިން ގިނަ ފޮށިތަކުގައިވަނީ ކިއު ހަދާފައެވެ.

ވޯޓު ކުރިޔަށް ދާނެ ގޮތް:

ރިޔާސީ އިންތިހާބު 2023 ގެ ވޯޓުލުން ފެށޭނީ، ހެނދުނު 8:00 ގައި.
‏ވޯޓުލުން ނިމޭނީ ހަވީރު 4:00 ގައި.
‏ހެނދުނު 7:30 ން ފެށިގެން،
‏ކިޔޫ ގައި މަޑުކުރެވޭނެ.
‏ވޯޓުލާން ފުރަތަމަ އަންނަ 2 މީހުންގެ ހާޒިރުގައި ސެކިޔުރިޓީ އުރަ ކަނޑާލުމަށްފަހު، 8 ޖަހާއިރު ވޯޓުލުން ފެށިގެން ދާނެ.
‏ހަވީރު 4 ޖަހާއިރު ވޯޓުލުމަށް ކިއޫގައި މީހަކު ނެތްނަމަ، ކިޔޫ ބަންދު ކުރާނެ.
‏ވޯޓު ގުނަން ފަށާނީ އާންމު ގޮތެއްގައި، ހަވީރު 4:30 ގައި.
‏މިހާރު ހުރިހާ ވޯޓުލާ މަރުކަޒުތަކުގައި ‏އޮފިޝަލުން ދަނީ އިންތިޚާބު މޮނިޓަރ ކުރަމުން.

‏ވޯޓުލާން ފެށުމާއެކު ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ޙައްގު އަދާކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަމީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.