ދިވެހި ރާއްޖޭގައި ދީނީ ތަޤުރީރު ކުރުމާއި ވަޢުޟުބުނުމުގެ ހުއްދަ ދޫކުރެވިފައިވާ 100 ޢިލްމުވެރިޔަކު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް ތާއީދު ކުރާކަން ހާމަކޮށްފިއެވެ.
ހޮނިހިރު ދުވަހުު ވޯޓުލުމުގެ ކުރިން ރާއްޖޭގައި ތިއްބެވި އެންމެ ފުންނާބު އުސް ޢިލްމުވެރިންގެ ތެރޭގައި ހިމެނޭ 100 އިލްމުވެރިން ތާއީދުކުރިކަން ހާމަކޮށް ނެރުނު ބަޔާނުގައި ވަނީ ރިޔާސީ އިންތިޚާބުގައި ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޢިލްމާއި، ހުނަރާއި ޚުލްގާއި މިހުރިހާ ކަމަކަށް ބަލާއިރު އެންމެ ޤާބިލް ކެންޑިޑޭޓަކީ ޑރ.މުއިއްޒު ކަމަށެވެ.
މިއަހަރުގެ ރިިޔާސީ އިންތިޚާބުގަިއ ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ދިވެހި ރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ޚަރުދަނާކޮށް ދިވެހި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓައި، އުމްރާނީ ގޮތުންނާއި، އިޖުތިމާއީ ގޮތުން، ޤައުމު ބިނާކުރަން ބޭނުންވާ އިލްމާއި ހުނަރާއި ތަޖުރިބާގެ ގޮތުން އެންމެ ޤާބިލް ޚުލްގު ހެޔޮ ކެންޑިޑޭޓަކީ ޑރ.މުހައްމަދު މުއިއްޒުކަމަށް އަޅުގަނޑުމެންނަށް ފެންނާތީ ކެންޑިޑޭޓް ނަންބަރު 4 ޑރ.މުހައްމަދު މުއިއްޒުއާއި، އެމަނިކުފާނުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފަށް އަޅުގަނޑުމެންގެ ތާއީދު ކުރާކަން ހާމަކުރަން.
– ޢިލްމުވެރިން ބުނެފައިވެއެވެ.
އިލްމުވެރިން މިހާލަތުގައި މާތްވެގެންވާ އިސްލާމް ދީނާއި ޤައުމުގެ މަސްލަހަތު އިސްކޮށް ސުލްހަ މަސަލަސްކަމާއި އަމަން އަމާންކަން ރައްކާތެރިކޮށް، ހިފަހައްޓާ މުސްލިމުންގެ ތެރޭގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށާއި، މުސްލިމުންގެ ތެރޭގައި ބައިބައިވުމާއި ޢަދާވާތްތެރިކަމާއި ނަފްރަތު އުފެއްދުމުގެ އެއްވެސް ޢަމަލަކަށް ޖާގަ ނުދެއްވުމަށް ދިވެހި ރައްޔިތުންގެ ކިބައިން ދީނީ އިލްމިުވެރިން ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.
Alhugandu mihuree gina ilmuverinnaa eku. Ebeyfulhun mi gaumah dhera gotheh neydheyne. pic.twitter.com/F27jDTDZU6
— Dr.Ali Zahir bin Saeed Gasim (@alizahirsaeed) September 7, 2023
ރާއްޖޭގެ ދީނީ ގިނަ އިލްމުވެރިންގެ ތާއީދު ޑރ. މުއިއްޒަށް ކުރާކަން ދަނީ ސޯޝަލް މީޑިއާގައިވެސް ފާޅު ކުރަމުންނެވެ. ހާމަކަން ބޮޑުކޮށް ތާއީދު ކުރާކަން ހާމަނުކުރާ އެތައް އިލްމުވެރިންނެއްވެސް ގެންދަވަނީ ޑރ.މުއިއްޒުގެ ކެމްޕޭންގައި އެކި ގޮތްގޮތުން ބައިވެރިވަމުންނެވެ.
One Response
ތިޔއީޕާކިސްތާނުންގޮނޑުހޮވައިގެންއައިސްއުޅޭގްރޫޕެއް