އެޗްޕީއޭއަކީ ސަރުކާރުން ވައްކަން ކުރަން ގެންގުޅޭ ސިޔާސީ މުއައްސަސާއެއް: ޝިޔާމް

އެޗްޕީއޭއަކީ ސަރުކާރުން ވައްކަން ކުރަން ގެންގުޅޭ ސިޔާސީ މުއައްސަސާއެއް: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
07 ޑިސެމްބަރ 2020 02:44
0

އެޗްޕީއޭއަކީ މިއަދު ސަރުކާރުން ހިންގަމުންދާ ވައްކަމާއި ފަސާދައިގެ އަމަލުތައް ހިންގުމަށް ގެންގުޅޭ މުއައްސަސާއެއް ކަމުގައި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ކޯވިޑް-19 އެންމެ ފުރަތަމަ ރާއްޖެއިން ފެނިގެންދިޔަ އިރު އެޗްޕީއޭގެ މަސައްކަތް ވަރަށް ރަނގަޅަށް ފެނިގެން ދިޔަކަމަށެވެ. ނަމަވެސް ފަހަކަށް އައިސް ކޯވިޑްގެ ކަންކަމުގައި ނާޖައިޒް ފައިދާތައް އިންތިހާއަށް އިތުރުވެ ވައްކަން ކުރަން ލިބުނު ފުރުސަތަކަށް މިފުރުސަތު ސަރުކާރުން ބޭނުން ކުރަމުންދާކަމަށެވެ.

ކޯވިޑް-19 އާއިއެކު ރާއްޖެ ލޮކްޑައުންކޮށް ރައްޔިތުން ގެއަށް ވައްދާފައި މިސަރުކާރުގެ ހުރިހާ މުއައްސަސާއަކުން ކޮށްފައިވަނީ ވައްކަމާއި ޚިޔާނާތްކަމަށް ޝިޔާމް ވިދާޅުވިއެވެ. މިއަދު މިކަންކަން ރައްޔިތުންނަށް ހާމަވާން ފެށުމުން ސަރުކާރުން މިވައްކަންތައް ފޮރުވުމަށް ބޭނުންކުރާ އެންމެ ވަރުގަދަ ހަތިޔާރަކީ އެޗްޕީއޭކަމަށް ޝިޔާމް ވިދާޅުވިއެވެ. އެޗްޕީއޭއިން ތަފާތު އެކި ނަންނަމުގައި ގައިޑްލައިންތައް ނެރެ މިއަދު ކުރަމުންދާ ކަންތައްތަކަކީ ރައްޔިތުންގެ ހައްގުތަކަށް ހަނިވާ ގޮތަކަށް ކުރަމުންދާ ކަންތައްތަކެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެޗްޕީއޭ ފެށިގެން އައިއިރު، ވަރަށް ރަނގަޅު މަސައްކަތްތަކެއް ފެނިގެންދިޔަ، ނަމަވެސް މިއަދު އެޗްޕީއޭވަނީ ސިޔާސީ ޕާޓީއަކަށްވުރެ ސިޔާސީ ވެފަ. ސަރުކާރުން ހިންގަމުންދާ ވައްކަމާއި، ޚިޔާނާތް ފޮރުވުމަށް ގެންގުޅޭ ތަނަކަށް މިއަދު ވަނީ އެޗްޕީއޭވެފަ.

– ޝިޔާމް ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް އެއްވެސް އިޚުތިރާމު ކުރުމެއްނެތި ސަރުކާރުގެ ވެރިންނާއި ކަމާއި ގުޅުންހުރި ފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން، އެޗްޕީއޭގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންގެ ކަންބޮޑުވުން އިންތިހާއަށް އޮވެ، އިންތިހާއަށް މާޔޫސްވެފައިވާކަމުގައި އިދިކޮޅު ކޯލިޝަނުން މިއަދު އެޗްޕީއޭއާއިއެކު ބޭއްވި ބައްދަލުވުމަށްފަހު ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.