ޓްރާސްޕޯޓް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާގެ ވަޒީރުކަމުގައި ހުންނެވި ނަމަވެސް މަސައްކަތްތައް ނަގައި ބާރު ކަނޑުވާލި ހޯރަފުށީ ދާއިރާގެ މެމްބަރު ސަލީމަށް ޤާސިމްގެ ހޫނު ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.
ރިޔާސީ ކެމްޕޭންގައި މިރޭ ހޯރަފުއްޓަށް ވަޑައިގެން ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ މިނިސްޓަރު ކަމުގައި ނަހުލާ ހަވާލުވެ ހުންނެވީ ހުސް ތޮށި ގަނޑަކާއި ކަމަށެވެ. މަސައްކަތުގެ މަސްއޫލިއްޔަތާއި ހުރިހާ ބާރެއް ނަގައި ނަހުލާ ހުންނެވީ ވަރަށް ބޮޑަށް އެކަނިވެރިކޮށް ބާކީ ކޮށްފައިކަމަށް ޤާސިމް ވިދާޅުވިއެވެ. މިކަންކަން ކުށްފައިވަނީ ހޯރަފުށީ ދާއިރާގެ މެމްބަރު ސަލީމްގެ އަތެއް އޮވެގެން ކަމަށް ޤާސިމް ތުހުމަތު ކުރެއްވިއެވެ.
އަޅުގަނޑުގެ އަނބިކަނބަލުން ޓްރާންސްޕޯޓު މިނިސްޓަރު ކަމުގައި ބަހައްޓާފައި، ހިތްދަތިކަމުގައި ވޭނުގައި ބަހައްޓާފައި، އެތާގެ މެންޑޭޓުގައި ހުރި ހުރިހާ ކަންތައްތަކެއް ނަގާފައި އެކަހެރިކޮށްފައި ބަހައްޓާފައި މިތާގެ މެންބަރު ބުނީމަ ބުނާހާ ގޮތަކަށް ކަންތައްތައް ކޮށްދިނަަސް އަސްލުގަ އެމެންބަރު ހޮވަން ވެސް މަގޭ އަނބިކަނބަލުންނާއި އާއިލާއިން މަސައްކަތްކޮށްގެން ހޮވާ ދިނީ.
– ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ މިސަރުކާރުން ނަހުލާއާއި އަދި އެނޫން މީހުންނާއިމެދުވެސް ކަންތައް ކުރަނީ ވަރށް ބޭއިންސާފުން ކަމަށެވެ. ސަލީމު މަޖިލީހަށް އައުމުގައި ޖުމްހޫރީ ޕާޓީއާއި، ސީދާ ނަހުލާއާއި، ޤާސިމްގެ މުވައްޒިފުންގެ އެހީތެރިކަންވެސް ދެއްވި ކަމަށާއި، ނަމަވެސް ދެން ސަލީމަށް މަޖިލީހަށް އަންނަތަން ބަލަން ބޭނުންވާކަމަށް ޤާސިމް ވިދާޅުވިއެވެ.
ދެން އަޅުގަނޑުމެން ދެކޭނަން އޭނަ ހޮވޭތަން ކުރިއަށް އޮތް ދުވަސްތަކުގައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވެސް ދުނިޔޭގައި ތިބޭނަން. މިއަންނަ އަހަރު އޭނަ ހޮވޭތަން ދެކެން އަޅުގަނޑުމެން ތިބޭނަން. ވަރަށް ސާފުކޮށް މިދެންނެވީ އަޅުގަނޑުމެން ތިބޭނަން ބަލަން.
– ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ގެންދަވަނީ ރިޔާސީ ކެމްޕޭންގައި ރައީސް ޞާލިހަށާއި މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި ރިޔާސީ ދެވަނަ ދައުރެއް ރައީސް ޞާލިހަށް ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
4 Responses
ނަހުލާ އެއް ބާކީއެއް ނުވޭ ނަހުލާ ހުންނެވީ ވަރައް ބާރު ގަދަކޮށް ރައީސުލް ޖުމުހޫޫރިއްޔާ އަށް ވުރެ ބާރު ގަދަކޮށް ބޭކާރު ވާހަކަ ނުދައްކާ ހުރޭ
ނަހުލާއަކަސް ނާދިރާއަކަސް ގަވައިދާޚިލާފް ވަންޏާ ބާރުތައް ނަގާނެ ގާސިމާ ނަހުލާގެ ލަދުހަޔާތްކުޑަކަން ނަހުލާ މަގާމުން އިސްތިއުފާ ނުދީ ހުރެ އިބޫއާ ދެކޮޅަށް ކެމްޕޭން ކުރަނީ އިބޫގެ އިޚުލާސްތެރިކަން ނަހުލާ މަގާމުން ވަކި ނުކޮށް އެހުރީ
ކިތަންމެ ކުރަން ބޭނުން ވިޔަސް ވާނެ ވަރުގެ ކަންކަން ހުންނާން…
ކޮންމެ ވާހަކައެއް ދެއްކިޔަސް ކަލަ ނުގޮވާ ނުހުރެވެއެވެ. މިއަންނަ އިންތިޚާބަށްވެސް ތިމަންނަ ދުނިޔޭގައި ހުންނާނެކަމުގައި ތިޔަ ބުނަނީ ހަމަ ސީދާ ކުފުރު ބުނުމެކެވެ. ތިޔަ ގޮންޖަހަނީ ހެއްދެވި ފަރާތަށެވެ. އަހަރުމެންވެސް ބަލަން ތިބޭނަމެވެ.