މ. އަތޮޅުގައި ދެމުން އައި ފެރީ ޙިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ސްޕީޑް ފެރީ ޙިދުމަތް މިއަދު ފެށިއްޖެއެވެ.
މިއަދުން ފެށިގެން އެއް ހަފުތާގެ މުއްދަތަށް ސްޕީޑް ފެރީ ދަތުރުތައް ކަސްޓަމަރުންނަށް ކޮށްދިނުމަށް ހަމަޖެހިފައިވަނީ މުޅިން ހިލެއެވެ. ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަޤްޞަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށ،ް މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ދިނުމާއިއެކ،ު ކަސްޓަމަރުންގެ ޚިޔާލާއި އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ހަރުދަނާކުރުން ކަމަށް އެމްޓީސީސީން ބުނެއެވެ.
މި މުއްދަތުގައި ދަތުރުކުރެއްވުމަށް ޖާގަ ހޯއްދެވުމަށ ގުޅުއްވާނީ އެމްޓީސީސީގެ ނަންބަރު، 7955508 އަށެވެ. ރަސްމީކޮށް އަގު ނަގައިގެން ޚިދުމަތް ފެށުމާއެކ،ު ޙިދުމަތް ދިނުމަށް ތައްޔާރު ކުރެވިފައިވާ ވެބްސައިޓުން mv.mtcc.stl://https އޮންލައިންކޮށް ޓިކެޓް ލިބިވަޑައިގަންނަވާނެއެވެ.
މި ޙިދުމަތުގައި ބޭނުންކުރެވޭ ސްޕީޑް ފެރީތަކަކީ ޖުމްލަ 45 ފަސެންޖަރުންނަށް ދަތުރުކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އުޅަނދުތަކެކެވެ. މި ޚިދުމަތް ހަފުތާއަކު ތިން ދުވަހު، މ. އަތޮޅުގެ ހުރިހާ ރަށަކަށް ލިބިގެންދާނެއެވ.ެ ސްޕީޑް ފެރީ ޚިދުމަތުގެ ޝެޑިއުލް އެމްޓީސީސީ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.
އަދި ޚިދުމަތާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 1650 އަށް ގުޅުއްވުމަށް ވަނީ ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ