ޕެންޝަން އޮފީހުގެ ސީއޯއޯ ކަމަށް އޭސީސީ ކުރީގެ ރައީސް ޝިއުނާ

ޕެންޝަން އޮފީހުގެ ސީއޯއޯ ކަމަށް އޭސީސީ ކުރީގެ ރައީސް ޝިއުނާ

Author
މުޙައްމަދު ޝަޒައިމް
04 ސެޕްޓެމްބަރ 2023 12:01
0

އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ކުރީގެ ރައީސް މަރިޔަމް ޝިއުނާ ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު ސީއޯއޯގެ މަގާމަށް އައްޔަންކޮށްފިއެވެ.

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމަށް ޝިއުނާ އައްޔަންކޮށްފައިވާއިރު އޭސީސީގެ ރައީސްކަމުން ޝިއުނާ އިސްތިއުފާ ދިނީ އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތައް ނުބެލި ފުނިޖެހިފައިވަނިކޮށް އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ވޯޓަށް އަހަން ތައްޔާރުވެފައިވަނިކޮށެވެ.

އޭސީސީގެ ރައީސްކަން ކުރެއްވުމުގެ ކުރިން ޝިއުނާ ވަނީ ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތުން ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުކަން އޭނާ ކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.