ޒުވާނުންގެ ވަރުގަދަ މެސެޖެއް، މިތިބީ އެއްބުރުން މުއިއްޒު ހޮވުމަށް!

ޒުވާނުންގެ ވަރުގަދަ މެސެޖެއް، މިތިބީ އެއްބުރުން މުއިއްޒު ހޮވުމަށް!

Author
މުޙައްމަދު ޝަޒައިމް
01 ސެޕްޓެމްބަރ 2023 08:20
0

މިއަދު ހުޅުމާލޭގައި އެތައް ސަތޭކަ މީހުންނާއިއެކު ބޭއްވި ޒުވާނުންގެ ސައިކަލު ބުރުގައި ވަރުގަދަ މެސެޖެއްދީ ޒުވާނުން ތިބީ އެއްބުރުން ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ހޮވުމަށް ކަމަށް ބުނެފިއެވެ.

މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި މިސައިކަލު ބުރަކީ މިހާތަނަށް މާލެ ސަރަހައްދުގައި މިހާ ގިނަ އަދެއްގެ ޒުވާނުން ބައިވެރިވެގެން ބޭއްވި ފުރަތަމަ ސައިކަލު ބުރެވެ. މިސައިކަލު ބުރުގައި އެތައް ސަތޭކަ ޒުވާނުން ބައިވެރިވިއިރު، މިސައިކަލު ބުރުގައި މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް ބައިވެރިވިއެވެ.

މިއަދު ހަވީރު ހުޅުމާލޭ ފޭސް އެކެއްގެ ފެރީޓާމިނަލް ސަރަހައްދުން ފެށި މިސައިކަލް ބުރަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި، ރޭސިންގ އެސޯސިއޭޝަން އަދި މާލެ ހުޅުމާލޭ ޒުވާނުން ގުޅިގެން ކުރިއަށް ގެންދިޔަ ސައިކަލު ބުރެކެވެ.

ސައިކަލުބުރު ކުރިއަށް ދިޔައިރު އަޑުހަދަ ކުރާއިން ޒުވާނުން ބުނަމުންދިޔައީ މިސަރުކާރުން ޒުވާނުން ބާކީ ކޮށްލައިފި ކަމަށާއި، އެއްބުރުން މިތިބީ މުއިއްޒު ހޮވުމަށް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޮޑުބެ
ޔާމީނުއުފެއްދި ޒުވާނުންބާ ؟ ﷲ ގެކުޅަދުންވަންތަކަން އަދިބާރުބޮޑީ ﷲ އިރާދަ ފުޅުކުރެއްވިއްޔާ އަނިޔާ ވެރިކަން ބޮށްސުން ދުއްވާލާނަން!