ސްޓާ ކިޑުންތަކެއް ބޮލީވުޑް އަށް ތައާރަފްވާ ފިލްމް "ދަ އާޗީސް" މި އަހަރުގެ ޑިސެމްބަރު 7 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރަން ނިންމައި އެކަން އިއުލާން ކޮށްފިއެވެ.
ޒޯޔާ އަހުތަރު ޑައިރެކްޓް ކުރާ ފިލްމް އަކީ ގިން ސްޓާ ކިޑުން ތަކެއް ބޮލީވުޑް އަށް ތައާރަފް ކުރާނެ ފިލްމްއެކެވެ. މީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމްއެކެވެ.
މި ފިލްމް އިން ޝާހުރުކް ހާންގެ ދޮށީ އަންހެން ދަރިފުޅު ސުހާނާ ހާންއާއި، ބަތަލާ ސްރީދޭވީ އަދި ޖާންވީ ކަޕޫރު ގެ ކޮއްކޮ ހުޝީ ކަޕޫރުގެ އިތުރުން އަމިތާބް ބަަޗަން ގެ ކާފަދަރިފުޅޫ އަގަސްތިޔާ ނަންދާ ބޮލީވުޑްއަށް ތައާރަފް ވާނެއެވެ.
"ދި އާޗީސް" އަކީ ހުޅަނގުގެ ކޮމިކް ވާހަކަ އަށް ބިނާކޮށް ހަދާފައިވާ އެއްޗެކެވެ. އޭގެ ޓްރެއިލާ ދައްކައިލީ ނެޓްފްލިކްސް އިން މި އަހަރު ގެނެސްދޭން ހުރި އުފެއްދުންތަކެއް ދައްކައިލަން ބްރެޒިލްގައި ބޭއްވި ކުލަގަދަ "ޓުޑުމް" އިވެންޓްގަ އެވެ.
ޒޯޔާގެ ފިލްމު ކުންފުނި ޓައިގަ ބޭބީ އާއި ނެޓްފްލިކްސްއާ ގުޅިގެން ހަދާ "ދި އާޗީސް" ނެޓްފްލިކްސް އިން ޕްރިމިއާ ކުރާ އިރުގައި، ޒޯޔާ އެންމެ ފަހުން ގެނެސްދިނީ 2019 ގެ ފިލްމް "ގަލީ ބޯއި" އެވެ.
ކޮމެންޓު ފޮނުވާ