ބ. އަތޮޅުގައި އެމްޑީޕީގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވި ބޭފުޅުންތަކެއް ޑރ.މުއިއްޒަށް ތާއީދުކޮށް ޕީޕީއެމްއާއި ގުޅިއްޖެއެވެ.
މިރޭ އޭދަފުށީފައިި ބޭއްވި ޖަލްސާގައި މިބޭފުޅުން ޕީޕީއެމްއާއި ގުޅި ފޯމުތައް ހަވާލު ކުރެއްވީ ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒުއާއި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އާއިއެވެ. މިބޭފުޅުން ސޮއިކުރުމުން ޖަލްސާއަށް ވަޑައިގެންތިބެވި ބޭފުޅުންގެ ހޫނު ތަރުހީބާއިއެކު މުޅި ސަރަހައްދުގެ އަޑުވަނީ ވަރަށް ބޮޑަށް ގަދަވެގެން ގޮސްފައެވެ.
މިރޭ މުއިއްޒުއަށް ތާއީދުކޮށް ޕީޕީއެމްއަށް ސޮއިކުރި ބޭފުޅުންގެ ތެރޭގައި ބ.ހިތާދޫ އެމްޑީޕީގެ މައި ދެ ތަނބު ކަމުގައިވާ ޝައިޚު ޝުއައިބުއާއި، ޢަބްދުލް ޢަފޫރު ހިމެނެއެވެ. މީގެ އިތުރުން އެދަފުށީ، އަހުމަދު ލަތީފާއި، މުހައްމަދު ބާއިޝްވެސް ވަނީ ޕީޕީއެމްއަށް ސޮއިކޮށްފައެވެ. އަދި އާރިފް، އަޅި ވެސް ވަނީ އެމްޑީޕީ ދޫކޮށް ޕީޕީއެމްއާއި ގުޅިފައެވެ.

މީގެ އިތުރުން އަހުމަދު ރަޝީދާއި، އިބްރާހިމް ރަޝީދުވެސް ވަނީ އެމްޑީޕީ ދޫކޮށް ޕީޕީއެމްއަށް ސޮއިކޮށްފައެވެ. މިއީ ބ.އަތޮޅުން ސުޕަމެޖޯރިޓީ ހޯދުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދާ އިތުރު ހިތްވަރެއް ކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ