ބުރިޖުން ގުޅުވާލީ ހަމައެކަނި މާލެ ހުޅުމާލެއް ނޫން ކަމަށާއި، އެއީ މުޅިގައުމުގެ ކުރިއެރުމާއި އުއްމީދު ކަމުގައިި އެ ބްރިޖު ހަގީގަތަށް ހެދުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވި އެއް މޭސްތިރިޔާ ޕީއެންސީގެ ރިޔާސީ ކެންޑިޑެޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޔާމީންގެ ޒައާމަތުގާ ބިނާކޮށްދެއްވި ސިނަމާލެ ބުރިޖަށް 5 އަހަރު މިއަދު ވަނީ ފުރިފައެވެ. ސިނަމާލެ ބުރިޖަކީ ޗައިނާގެ އެހީތެރިކަމާއެކު އޭރުގެ ސަރުކާރުން ކުރިޔަށް ގެންދިޔަ މަޝްރޫއެކެވެ. ބުރިޖުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ވަނީ ލިބިފައެވެ.
ބުރިޖަށް ހަތަރު އަހަރު ފުރުމުގެ މުނާސަބަތުގައި ޑރ.މުއިއްޒު ކުރެއްވި ޓުވީޓުގައި ވިދާޅުވި މި ބުރިޖަކީ ރާއްޖެއާއި ޗައިނާއާއި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެތް ކަމަށެވެ. މި ބުރިޖަކީ ރާއްޖޭގެ ތަރައްޤީގެ ބާނީ ރައީސް ޔާމީނާއި ޗައިނާގެ ރައީސްގެ ގާތް ގުޅުމާއި ތަރައްޤީގެ ތަސައްވަރު ވަރަށް ރަނގަޅަށް ފެންނަންހުރި އަލިގަދަ ހެއްކެތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
China-Maldives Friendship Bridge was opened 5 years ago, on 30th August 2018, as a symbol of the everlasting Friendship between China 🇨🇳 and Maldives 🇲🇻 . A true landmark achievement, symbolising the visionary leadership of President Abdulla Yameen and President Xi Jinping. A… pic.twitter.com/dRzhcRY7mz
— Dr Mohamed Muizzu (@MMuizzu) August 30, 2023
ބުރިޖުގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވިއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެއެވެ. ސިނަމާލެ ބުރިޖުގެ މަސައްކަތް ނިމި ބްރިޖް ހުޅުވީ 30 އޮގަސްޓް 2018 ގައެވެ.
ތިން އަހަރާއި 11 މަސް ތެރޭ ބުރިޖުގެ މަސައްކަތް ނިންމާލާ ބުރިޖު ހުޅުވިއިރު ސިނަމާލެ ބްރިޖު ހުޅުވުން ވެގެންދިޔައީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ރަމްޒަކަށެވެ.
ކޮމެންޓު ފޮނުވާ