ހއ.އަތޮޅުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް މެޖޯރިޓީ ހޯދުމަށް މިނިސްޓަރ ޝާހިދު ހިމެނޭހެން ކެމްޕޭން ޓީމެއް އެއަތޮޅަށް ވަޑައިގެން ކެމްޕޭން ވަރުގަދަ ކޮށްފިއެވެ.
އުތުރުގެ ރަށްތަކަށް މޫސުން ގޯސް ދުވަހަކަށް ވީނަމަވެސް މިނިސްޓަރ ޝާހިދާއި ޓީމުން ގެންދަނީ ހއ. އަތޮޅުގެ ރަށްތަކަށް ވަޑައިިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވައި ހައްލު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މިއަދި މިދަތުރުގައި ހއ.އަތޮޅުގެ ރަށްތަކުގެ ރައްޔިތުން ދެކޭ ގޮތާއި ތާއީދު އިތުރު ކުރުމަށް ކުރަންޖެހޭ އިތުރު މަސައްކަތް ކުރުމަށްވެސް ވަނީ ރޭވިފައެވެ.
ހއ.އަތޮޅުގެ ރަށްތަކަށް މިނިސްޓަރ ޝާހިދު ވަޑައިގެންނެވުމުން އެރަށްތަކުގެ ކެމްޕޭން ޓީމުތަކުން މިނިސްޓަރ ޝާހިދާއި ޓީމަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މިއިންތިޚާބުގައި ހއ.އަތޮޅަށް ކަނޑައަޅާފައި ހުންނަވާ ކެމްޕޭން ކޯޑިނޭޓަރަކީވެސް މިނިސްޓަރ ޝާހިދެވެ. މިނިސްޓަރ ޝާހިދަކީ އެންމެ ގިނައިން ހަވާލުވެފައިވާ ދާއިރާއަށް ވަޑައިގެން ކެމްޕޭން ހަރަކާތައް ކުރިއަށް ގެންދެވި އެއް ބޭފުޅާއެވެ.
Ha.Muraidhoo campaign team aai campaign coordinator Minister @abdulla_shahid badhalukurevvun. #IbuAslam2023#UfaaveriAmaanRaajje pic.twitter.com/8UbR8fIse5
— Maimoon (@mrsays_) August 29, 2023
ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމަށް ރައީސް ޞާލިހު ކަނޑައަޅުއްވާފައިވާ އަމާޒަށް ވާސިލް ވުމަށް ހއ.އަތޮޅުގެ މެޖޯރިޓީ ހޯދުމަކ މިނިސްޓަރ ޝާހިދުގެ އެންމެ ބޮޑު އަމާޒެވެ.
ކޮމެންޓު ފޮނުވާ