9 ސެޕްޓެމްބަރުގެ ދޭ ވޯޓަކީ ގައުމުގެ ހަމަޖެހުމާއި އިގްތިސާދު ދެގުނަކުރަން ދޭ ވޯޓަކަށް ހައްދަވާ!: ސައުދު

9 ސެޕްޓެމްބަރުގެ ދޭ ވޯޓަކީ ގައުމުގެ ހަމަޖެހުމާއި އިގްތިސާދު ދެގުނަކުރަން ދޭ ވޯޓަކަށް ހައްދަވާ!: ސައުދު

Author
ހުސެއިން
28 އޮގަސްޓް 2023 11:57
0

އަންނަ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު ދޭ ވޯޓަކީ ގައުމުގެ ހަމަޖެހުމާއި އިގްތިސާދު ދެގުނަކުރުމަށް ދޭ ވޯޓަކަށް ހައްދަވާ، ރައީސް އިބުރާހިމް މުހައްމަދު ސާލިހަށް ވޯޓު ދެއްވުމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރި ސައުދު ގޮވާލައްވައިފިއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފޯރީގައި ކުރިޔަށް ދަނިކޮށް ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަށްތަކުގައި ފަށާފައި ހުރި ތަރައްގީގެ މަޝްރޫޢުތަކުގެ ފޮނި މީރުކަން ލިބޭނީ ރައީސް ސާލިހަށް ވޯޓު ދީގެން ކަމުގައެވެ.

ރާއްޖެއަށް އަންނަމުންދާ ތަރައްގީ ދެމެހެއްޓުމަށް ރައީސް ސާލިހަށް ވޯޓު ދިނުމަށް ސައުދު ގޮވާލައްވާފައިވާއިރު، ރައީސް ސާލިހު މިހާރު ގެންދަވަނީ ލ. އަތޮޅުގެ ރަށްތަކުގައި ކެމްޕޭން ކުރައްވަމުންނެވެ. އަދި ރައީސް ސާލިހު ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމުގައެވެ.

ރައީސް ސާލިހު ވިދާޅުވެފައިވަނީ އެމްޑީޕީގެ ކޯލިޝަންއާއި އިދިކޮޅު ޕީޕީއެމް ފިޔަވާ ދެން އިންތިޚާބުގައި ވާދަކުރަމުންދާ ކެނޑިޑޭޓުންގެ މަގުސަދަކީ ވޯޓު ބައިބައިކޮށް، އިންތިޚާބު ދެވަނަ ބުރަކަށް ގެންދިއުން ކަމުގައެވެ. އަދި ރައީސް ސާލިހު ވަނީ އިންތިޚާބު އެއްބުރުން ނިންމުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގައުމު
ގައުމައްހަމަޖެހުމާާ ގައުމުގެެ އިގުތިސާދީީ ކުރިި އެރުވުންް ގެނެސްް ދެވޭނީި ތައުލީމީީ ގާބިލުު ތަޖުރިބާކާރުު މަޑުމައިތިރިި ދީންވެރިި ތަގުވާވެރިި ﷲއައްް ބިރުވެތިވާާ ޚުލްގުު ހެޔޮޮ ބޭފުޅަކައްް މިފަރުު އެބޭފުޅަކައްވާނީީ ކެންޑިޑޭޓްް ނަމްބަރުު 4ޑޮކްޓަރމުއިއްޒުު ހުރިހާބޭފުންވެސްް ޑޮކްޓަރމުއިއްޒައްް ވޯޓްދެއްވާާ އެއްބުރުންް ކާމިޔާބުކޮއްދެއްވާާ