ޕީއެސްއެމާ އެމްއެންޔޫ ބަހުސްގަ ރައީސް ބައިވެރިވެވަޑައިގަންނަވާނެ: މާރިޔާ

ޕީއެސްއެމާ އެމްއެންޔޫ ބަހުސްގަ ރައީސް ބައިވެރިވެވަޑައިގަންނަވާނެ: މާރިޔާ

ގުޅުންހުރި

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޚާއްޞަކޮށްގެން ދައުލަތުގެ މީޑިއާއާއި، ޤައުމީ ޔުނިވާސިޓީ ގުޅިގެން ބާއްވާ ރިޔާސީ ބަހުސްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަންނަވާނެކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ކެމްޕެއިން ތަރުޖަމާން މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ ޓީވީ ޗެނަލްތަކުން ބާއްވާ ބަހުސްގައި ރައީސް ބައިވެރިވެވަޑައި ނުގެންނެވިނަމަވެސް، ޤައުމީ ޔުނިވާސިޓީން ބާއްވާ ބަސްހުސްގައި ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ. މީޑިއާއަށް އަރައި އިޝްތިހާރުވެވަޑައިގަތުމަށް ރައީސް ބޭނުންފުޅު ނުވާކަމަށް މާރިޔާ ވިދާޅުވިއެވެ.

 

އެއީ އިލްމީ ބަހުސެއް ހިނގާނެ ތަނެއް. ޔުނިވާސިޓީތަކުގައި ޢިލްމީ ގޮތުން ވާހަކަ ދައްކަވާފައި ޕޮލިސީތައް ދިރާސާކޮށް އުޅޭނެ. އެކަމަކު މީޑިއާތަކަށް އަރައި އިޝްތިހާރުވުމަށްޓަކައި ކުރާ ބަހުސްތަކަކީ ރައީސް ގަބޫލުކުރައްވާ ކަމެއް ނޫން.

– މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވި މީޑިއާތަކުގެ ވަކިވަކި ބަހުސްއަށް އެރުއްވުމަށްވުރެ ރައީސްއަށް މުހިންމީ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުންކަަމަމަށެވެ. ދައުލަތުގެމީޑިއާއިން އިންތިޒާމްކުރާ ބަހުސްގައި ހުރިހާ ކެންޑިޑޭޓުންވެސް ވަނީ ބައިވެރިވެވަޑައިގަންނަވާނެކަން އަންގާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ