އެމްޑީއޭގެ މިސްރާބު ގޯސްކަމަށްބުނެ އެޕާޓީގެ ކައުންސިލް މެމްބަރު ޝަޒީމް ޕީޕީއެމްއަށް!

އެމްޑީއޭގެ މިސްރާބު ގޯސްކަމަށްބުނެ އެޕާޓީގެ ކައުންސިލް މެމްބަރު ޝަޒީމް ޕީޕީއެމްއަށް!

Author
މުޙައްމަދު ޝަޒައިމް
26 އޮގަސްޓް 2023 08:12
0

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކައުންސިލް މެންބަރު މުހައްމަދު ޝަމީޒް، އެ ޕާޓީ ދޫކޮށް ޕީޕީއެމްއަށް ގުޅިވަޑައިގަތުމަށް ނިންމަވައިފިއެވެ.

އެމްޑީއޭއިން ވަކިވިކަން އެޕާޓީއަށް އަންގައި ޝަޒީމް ފޮނުވި ސިޓީގައި ބުނެފައިވަނީ އެމްޑީއޭގެ މިވަގުތުގެ މިސްރާބު ހުރީ ރާއްޖެއަށް އެންމެ ރަނގަޅު މިސްރާބަށްކަން ނުދެކޭކަމަށެވެ. އެހެންކަމުން މިހާލަތުގައި އެމްޑީއޭގެ މެމްބަރުކަމުންނާއި ކައުންސިލް މެމްބަރު ކަމުން އިސްތިއުފާ ދެއްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޝަޒީމް އެމްޑީއޭއިން ވަކިވެ ޕީޕީއެމްއަށް ސޮއި ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ޑރ.މުއިއްޒު ހުވަދު އަތޮޅަށް ކުރައްވަ ދަތުރުފުޅުގައެވެ.

އެމްޑީއޭއިން ވަނީ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް ތާއީދުކޮށް ރައީސް ޞާލިހު ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަށް ނިންމަފައެވެ. ނަމަވެސް އެޕާޓީގެ ބައެއް ޢާންމު މެމްބަރުންގެ މެދުގައި އެކަމާއި ޚިޔާލް ތަފާތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.