މަޝްހޫރު ފިލްމީ ތަރި ޢަލީ ސީޒަންގެ ތާއީދު ޑރ. މުހައްމަދު މުއިއްޒު އަށް ކުރުމަށް ނިންމައިފިއެވެ.
ސީޒަން މުއިއްޒުއަށް ތާއީދު ކުރީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއިއެކު ހުރި ކަންބޮޑުވުންތައް މުއިއްޒުއާއި ހިއްސާ ކުރުމަށްބޭއްވި ބައްދަލުވުމަށްފަހުއެެވެ. ސީޒަން މުއިއްޒުއަށް ތާއީދު ކުރުމަށް ނިންމުމުން މުއިއްޒުވަނީ އޭނާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.
ރާއްޖޭގެ ފިލްމު އިންޑަސްޓްރީގެ ގިނަ އަދަދެއްގެ ފަންނާނުންނާއިއެކު ބޭއްވި މިބައްދަލުވުމުގައި އެބޭފުޅުންގެ ފަރާތުން ވަނީ ހުރި ކަންބޮޑުވުންތައް ޑރ. މުއިއްޒުއާއި ހިއްސާ ކުރައްވާފައެވެ. އެގޮތުން އިންޑަސްޓްރީ ކުރިއަށް ގެންދިއުމުގައި ހުރި ދަތިތަކާއި، ގޮންޖެހުންތަކާިއ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.
Thank you Sezan for your endorsement. #DrMuizzuSembe2023 #DhiveheengeRaajje #FreePresidentYameen pic.twitter.com/Ok5EWuOk3w
— Dr Mohamed Muizzu (@MMuizzu) August 26, 2023
މިބައްދަލުވުމުގައި ޑރ. މުއިއްޒުވަނީ އިންޑަސްޓްރީ ބޭފުޅުން ދެއްކެވި ވާހަތަކަށްފަހު އެބޭފުޅުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވާނެކަމަށް ވިދާޅުވެފައެވެ.
ރިޔާސީ ކެމްޕޭންގައި އަތޮޅު ތެރޭގަިއ ވަރަށް ބިޒީ ޝެޑިއުލެއްގައި އުޅުއްވަމުން މާލެ ވަޑައިގެންނެވޭ މަދު ވަގުތުތަކުގައި މުއިއްޒު ގެންދަވަނީ ބައްދަލު ކުރައްވަން އެދި ވަޑައިގަންނަވާ ގިނަ ބޭފުޅުންނާއި ބައްދަލު ކުރައްވައި ކަންބޮޑުވުންތައް އަޑު އައްސަވަމުންނެވެ.
ކޮމެންޓު ފޮނުވާ