ފިލްމު އިންޑަސްޓްރީގައި ހުރި ކަންބޮޑުވުންތައް ޑރ. މުއިއްޒާއި ހިއްސާ ކޮށްފި

ފިލްމު އިންޑަސްޓްރީގައި ހުރި ކަންބޮޑުވުންތައް ޑރ. މުއިއްޒާއި ހިއްސާ ކޮށްފި

Author
މުޙައްމަދު ޝަޒައިމް
25 އޮގަސްޓް 2023 09:21
0

ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި ހުރި ކަންބޮޑުވުންތައް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒާއި ހިއްސާ ކުރައްވައިފިއެވެ.

ރާއްޖޭގެ ފިލްމު އިންޑަސްޓްރީގެ ގިނަ އަދަދެއްގެ ފަންނާނުންނާއިއެކު ބޭއްވި މިބައްދަލުވުމުގައި އެބޭފުޅުންގެ ފަރާތުން ވަނީ ހުރި ކަންބޮޑުވުންތައް ޑރ. މުއިއްޒުއާއި ހިއްސާ ކުރައްވާފައެވެ. އެގޮތުން އިންޑަސްޓްރީ ކުރިއަށް ގެންދިއުމުގައި ހުރި ދަތިތަކާއި، ގޮންޖެހުންތަކާިއ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

މިބައްދަލުވުމުގައި ޑރ. މުއިއްޒުވަނީ އިންޑަސްޓްރީ ބޭފުޅުން ދެއްކެވި ވާހަތަކަށްފަހު އެބޭފުޅުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވާނެކަމަށް ވިދާޅުވެފައެވެ.

ރިޔާސީ ކެމްޕޭންގައި އަތޮޅު ތެރޭގަިއ ވަރަށް ބިޒީ ޝެޑިއުލެއްގައި އުޅުއްވަމުން މާލެ ވަޑައިގެންނެވޭ މަދު ވަގުތުތަކުގައި މުއިއްޒު ގެންދަވަނީ ބައްދަލު ކުރައްވަން އެދި ވަޑައިގަންނަވާ ގިނަ ބޭފުޅުންނާއި ބައްދަލު ކުރައްވައި ކަންބޮޑުވުންތައް އަޑު އައްސަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކިޔުންތހެރިޔާ
ގައިމު ވެރިކަމަށް އާދެވިޖެއްޔާ ފިލްމު ކުޅޭނަމޭ ބުނީ އިލްޔާސް. މުޢިއްޒު ވެސް ފިލްމު ކުޅެނީބާ؟