ށ. އަތޮޅުން 90 ޒުވާނަކު ޕީޕީއެމްއާއި ގުޅިއްޖެ

ށ. އަތޮޅުން 90 ޒުވާނަކު ޕީޕީއެމްއާއި ގުޅިއްޖެ

Author
މުޙައްމަދު ޝަޒައިމް
24 އޮގަސްޓް 2023 09:06
0

ށ. އަތޮޅުން 90 ޒުވާނަކު ޕީޕީއެމްއާއި ގުޅިއްޖެއެވެ.

ރޭ ށ. ފުނަދޫގައި ބޭއްވި ޖަލްސަގައި ށ. އަތޮޅުން ސޮއިކުރި ޒުވާނުން ވަނީ ފޯމުތައް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއާއި ހަވާލު ކޮށްފައެވެ. މީގެ ތެރޭގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގައި މީގެ ކުރިން އުޅުނު ޒުވާނުންވެސް ހިމެނެއެވެ.

މީގެ އިތުރުން އަލަށް 18 އަހަރު ފުރު ޒުވާނުންވެސް ވަނީ ޕީޕީއެމްއަށް ސޮއިކޮށްފައެވެ. ރޭ ސޮއިކުރި ޒުވާނުންގެ ތެރޭގައި ހިމެނެނީ ފޯކައިދޫއިން ސޮއިކުރި 40 ޒުވާނުންނާއި، މާއުނގޫދޫއިން ސޮއިކުރި 50 ޒުވާނުންނެވެ.

މިފޯމުތަކާއި ހަވާލުވުމަށްފަހު ވާހަކަ ދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ ޒުވާނުންނަކީ ޤައުމުގެ މުސްތަގުބަލު ކަމަށާއި، ޒުވާނުން ޕީޕީއެމްއާއި ގުޅެނީ އުންމީދެއް އޮތުމުންކަމަށެވެ. މިސަރުކާރުން ޒުވާނުންނަށް ވަރަށް ބޮޑަށް އިހުމާލު ވެފައިވާކަމަށާއި، ދެން އަންނަ ޕީޕީއެމް، ޕީއެންސީގެ ވެރިކަމެއްގައި ޒުވާނުންނަށް ވަޒީފާއާއި އެނޫންވެސް ގިނަ ފުރުސަތު ތަކެއް ފަހި ކޮށްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

F Foakaidhoo meehaa
Mi ee hus dhogu habaru foakaidhoo in Foakaidhoo aai beehy gothun dhogu mauloomaath nufethurun edhen ehves meehaku ppm akaa nugulhey