ރިޔާސީ ބަހުސްގައި ރައީސް ބައިވެރިވާނީ ދަތުރުތަކަށްފަހު، ވަގުތު އޮތްނަމަ: މާރިޔާ

ރިޔާސީ ބަހުސްގައި ރައީސް ބައިވެރިވާނީ ދަތުރުތަކަށްފަހު، ވަގުތު އޮތްނަމަ: މާރިޔާ

Author
މުޙައްމަދު ޝަޒައިމް
21 އޮގަސްޓް 2023 01:17
0

ދައުލަތުގެ މީޑިއާއިން އިންތިޒާމު ކޮށްގެން ބާއްވާ ރިޔާސީ ބަހުސްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ބައިވެރިވެ ވަޑައި ގަންނަވާނީ ކެމްޕޭނަށް ރަށްރަށަށް ކުރައްވާ ދަތުރުފުޅު ތަކަށްފަހު އެފަދަ ކަމަކަށް ވަގުތު އޮތް މިންވަރަކަށް ބެލުމަށް ފަހު ކަމަށް އެމަނިކުފާނުގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް އޭރު އެމްޑީޕީގެ ކެންޑިޑޭޓުގެ ގޮތުގައި ހުންނަވާ ރައީސް ސޯލިހު ބައިވެރިވެވަޑައިނުގެންނަވައެވެ. އެއީ, އެމްއެންޔޫގެ ބަހުސްގައި އެކަނި ބައިވެރިވާން އޭރުގެ ރައީސް ޔާމީން ނިންމެވުމުން އެއީ މިނިވަކަމާ އެކު ކުރިއަށް ނުދާނެ ބަހުސް ކަމަށް ބެލުމަށް ފަހުއެވެ.

ރައީސް ޞާލިހުގެ ތަރުޖަމާން މާރިޔާ މިއަދު ވިދާޅުވީ ބަހުސްގައި ބައިވެރިވުމާއި، ޓީވީތަކަށް އެރުމަށްވުރެ ރައީސަށް މުހިންމީ މިވަގުތު ރަށްރަށަށް ރައްޔިތުންގެ ކައިރިއަށް ވަޑައިގަތުން ކަމަށެވެ. ރައީސް ޞާލިހުގެ އަމާޒަކީ އިންތިޚާބުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުންކަމަށް މާރިޔާ ވިދާޅުވިއެވެ. ރައީސް ރިޔާސީ ބަހުސްގައި ބައިވެރިވާނީ ދަތުރުފުޅު ތަކަށްފަހު ވަގުތު އޮތް މިންވަރަކަށް ބެލުމަށްފަހުކަމަށް މާރިޔާ ވިދާޅުވިއެވެ.

ރައީސް އެ ވަޑައިގަންނަވަނީ ވައުދުތަކުގެ ވާހަކަތައް ޓީވީގެ ޒަރިއްޔާއިން ގެނެސްދެއްވަމުން، އެހެންވީމަ ސީދާ ތިއަށް އެއްޗެެކޭ ދަންނަވަން އެނގޭނީ އެމަނިކުފާނުގެ ޕްރޮގްރާމުގެ ތެރެއިން ރައްޔިތުންގެ ގާތަށް ވަޑައިގަތުމަށްފަހު ވަގުތު އޮވެއްޖިއްޔާ ހަމަ ގައިމުވެސް ތި ކަންކަމަށް ވަގުތު އޮތް މިންވަރަކުން ވަގުތު ދެއްވާނެ.

– މާރިޔާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ޕީއެސްއެމްއިން އިންތިޒާމު ކޮށްގެން ބާއްވާ ރިޔާސީ ބަހުސް ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު ބާއްވަން ވަނީ ނިންމާފައެވެ. ބަހުސްގައި ބައިވެރިވުމުގެ ދަޢުވަތު ކެންޑިޑޭޓުން ވަނީ ގަބޫލު ކުރައްވައި ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވާނެކަން އަންގަވާފައެވެ.

ބަހުސް އޮންނާނީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުގެރޭ 9 ޖަހާއިރު ޓީވީއެމްގައެވެ. ބަހުސްގައި ކެންޑިޑޭޓުންގެ ތަސައްވަރާއި، ސިޔާސަތުތަކާއި، ކުރިއަށް އޮތް ފަސްއަހަރާއިމެދު އުންމީދުކުރާ ގޮތް ހާމަކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް ދައުލަތުގެ މީޑިއާއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވ
އެހެންމީހުން ެސް ކުރަނީހަމަ ކެންޕޭނެއްނު ރަށްރަށުގާތި ޭމީހިނަށްވެސް ބޮޑުތަކުލީފެންނު އަބަދުކެންޕޭނަޒްދައްޏާ ވާހަކަދައްކަޒްނޭގުމަކީވެސް ބާވެރިނުވާސަބަބެއް