ރ. ހުޅުދުއްފާރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވ،ީ ޑިރެކްޓަރ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ.
1,609 މީހުންގެ އާބާދީއެއް އޮންނަ ހުޅުދުއްފާރަކީވެސް ރާއްޖޭގެ ގިނަ ރަށްރަށް ފަދައިން ރަށް ގިރުމުގެ ބިރުވެރިކަން ދިމާވެފައިވާ ރަށަކެވެ. އެހެންކަމުނ،ް މި ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީވެސް ރަށްގިރުމުގެ ސަބަބުން ރަށުގެ ރީތި މަލަމަތި ހަލާކުވެ ރަށަށް ގިނަ ގެއްލުންތަކެއް ލިބެމުންދާ މައްސަލައެވ.ެ އެގޮތުނ،ް މި ރަށުގެ ހުޅަނގު ފަރާތަށް ބަލައިލުމުން ރަށްގިރުމުގެ ހިތާމަވެރި މަންޒަރު ފެންނައިރު، ހުޅަނގު އައްސޭރިފަށުން ބޮޑު ސަރަހައްދެއް މިހާރުވެސް ވަނީ ގިރައިގެންގޮސްފައެވެ.
އަދި މިކަމުގެ ސަބަބުން ރަށުގެ އެތައް ރުއްގަހެއްވެސް ވަނީ ވެއްޓި ހަލާކުވެގެން ގޮސްފައެވެ. ހަމައެހެންމ،ެ އަތިރިމަތީގައި ހުންނަ ގެތަކަށް އުދައެރުމުގެ ހާދިސާތަކާއިވެސް ވަނީ ކުރިމަތިލާން ޖެހިފައެވެ. މިއަދު ސޮއެކުރެވޭ ރ. ހުޅުދުއްފާރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، މި މައްސަލަތަކަށް ހައްލު ލިބި ހިމާޔަތް ކުރެވިފައިވާ ރީތި ގޮނޑުދޮށެއް ރަށު ރައްޔިތުންނަށް މުސްތަޤުބަލުގައި ލިބިގެންދާނެއެވެ.
MTCC has signed an agreement with @MoNPHImv towards implementation of R. Hulhudhuffaaru Shore Protection Project. COO Shahid Hussain Moosa signed on behalf of MTCC and Ms. Fathimath Shaana Farooq, DG, signed on behalf of Ministry.
Scope of works include, 473m groyne, 320m… pic.twitter.com/RG0m51eXKo
— MTCC Plc (@MTCCPlc) August 20, 2023
މި މަޝްރޫޢުގެ ދަށުނ،ް 473 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއ،ި 320 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 100 މީޓަރުގެ ސަރަޙައްދެއްގައި ލޯ ކްރެސްޓެޑް ބޭރުތޮށި ލުމާއ،ި 20,500 ކިއުބިކް މީޓަރުގެ ގޮނޑުދޮށަށް ވެލިއެޅުމުގެ މަސައްކަތް ހިމެނެއެވ.ެ މި މަޝްރޫޢަކީ 32.33 މިލިއަން ރުފިޔާއަށް 210 ދުވަސް ތެރޭ ނިންމުމަށް މިކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވ.ެ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވ.ެ