ހަމަނުޖެހުން ހިންގި ގުރައިދޫ އިން މުއިއްޒުއަށް ހޫނު މަރުހަބާއެއް!

ހަމަނުޖެހުން ހިންގި ގުރައިދޫ އިން މުއިއްޒުއަށް ހޫނު މަރުހަބާއެއް!

Author
މުޙައްމަދު ޝަޒައިމް
19 އޮގަސްޓް 2023 08:10
0

ރިޔާސީ ކެމްޕޭންގައި ޑރ.މުއިއްޒުއާއި އެމަނިކުފާނުގެ ކެމްޕޭން ޓީމުން ކ.ގުރައިދޫއަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

މި ހަމަނުޖެހުން ހިންގީ މުއިއްޒު ވަޑައިގަންނަވާތީ، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އެމްޑީޕީ އަށް ސަޕޯޓްކުރާ ބަޔަކު ނުކުތުމުންނެވެ. އެ މުޒާހަރާގެ ބައިވެރިންނާއި މުއިއްޒަށް މަރުހަބާ ކިޔަން ނުކުމެ ތިބި މީހުންނާ ދެމެދު ބަހުގެ ހަމަލާތައް ރައްދުކޮށް، އެންމެ ފަހުން ބޮޑު ހަމަނުޖެހުމަކަށް ބަދަލުވީއެވެ. ވަކި ހިސާބަކުން އެއް ބަޔަކު ގަޔަށް އަތްލައި މާރާމާރީ ހިންގަން ފެށި އެވެ. އެ ތަޅާފޮޅުމުގެ ތެރެއިން އެމްޑީޕީ އާއި ޕީޕީއެމްގެ ދެ ސަޕޯޓަރެއްގެ ބޯ ފަޅައިިއެވެ.

ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ކުރި މަސައްކަތުން ވަނީ ހަމަނުޖެހުން ކޮންޓްރޯލްކޮށް އެމްޑީޕީ މީހުންނަށް ވަކި ސަރަހައްދެއްގައި ތިބެވޭގޮތަށް ކޯޑަން ކޮށްފައެވެ.

ހަމަނުޖެހުން ހިންގިތާ ގިނަ އިރުތަކެއް ނުވަނީސް ޑރ.މުއިއްޒު ވަނީ ގުރައިދޫއަށް ވަޑައިގެންފައެވެ. ގުރައިދޫއަށް ވަޑައިގެންނެވުމުން އެރަށުން ވަނީ މުއިއްޒުއަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެރަށުގެ ޕީޕީއެމް އާންމު ގިނަ އަދަދެއްގެ މެމްބަރުން ވަނީ ނިކުމެ މުއިއްޒުއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

މުއިއްޒު ބައިވެރިޔާ ގުރައިދޫ ޖަލްސާ މިރޭ އޮންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.