ކ.ގުރައިދޫގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު މިއަދު ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު އޭގެ ކުރިން އެރަށުގެ އެމްޑީޕީ މީހުން ނިކުމެ ހަމަނުޖެހުން ހިންގައިފިއެވެ.
އެނގިފައިވާ ގޮތުގައި ބަނދަރު ސަރަހައްދަށް ނިކުމެ ތިބި އެމްޑީޕީ އަދި ޕީޕީއެމް ސަޕޯޓަރުންނާ މެދު ހަމަނުޖެން ހިނގާފައި ވަނީ މިއަދު ހަވީރު 17:30 ހާއިރުއެވެ. އެ ހަމަނުޖެހުން ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރި ނަމަވެސް ބައެއް މީހުންނާ ފުލުހުންނާ ދެމެދު ވެސް ހަމަނުޖެހުން ހިނގި މަންޒަރު، ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ބައެއް ވީޑިއޯތަކުން ފެނުނެވެ.
K.Guraidhoo ah @MMuizzu vadaigannava sarahahdhah @MDPSecretariat membarun aas hamanujehun hingany pic.twitter.com/MxeBhqxQHD
— IbrahimShad🎈 (@IbrahimShad) August 19, 2023
ހަމަނުޖެހުމުގާ އެއްްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ. މި ހަމަނުޖެހުމާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ވީޑިއޯތަކުން އެމްޑީޕީގެ ޓީޝާޓުގައި ތިބި ސަޕޯޓަރުން ޕީޕީއެމްގެ މީހުންނަށް އަނިޔާކޮށް ހަމަނުޖެހުން ހިންގާތަން ފެނެއެވެ. އަދި މާރާމާރިި ހިންގައި ތަނުގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރާތަންވެސް ފެނެއެވެ.
މިހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އެރަށުގައި އެކަށީގެންވާ އަދަދާިއ ގާތަށްވެސް ފުލުހުންނެއް ނެތެވެ.
ކޮމެންޓު ފޮނުވާ