ވޭމަންޑޫ ކައުންސިލް އަންހެން މެމްބަރު ގޮނޑި ޕީޕީއެމްއަށް!

ވޭމަންޑޫ ކައުންސިލް އަންހެން މެމްބަރު ގޮނޑި ޕީޕީއެމްއަށް!

Author
މުޙައްމަދު ޝަޒައިމް
19 އޮގަސްޓް 2023 09:08
0

ތ.ވޭމަންޑޫ އަންހެނުން ކޮމެޓީ އަންހެން މެމްބަރު ގޮނޑި އިދިކޮޅު ޕީޕީއެމްއަށް ލިބިއްޖެއެވެ.

ވޭމަންޑޫ ކައުންސިލުން ހުސްވެފައިވާ އަންހެނުންގެ ކޮމެޓީ ގޮނޑި ހުސްވުމުން ހުޅުވާލި ފުރުސަތުގައި އެމަޤާމަށް ކުރިމަތިލީ އިދިކޮޅު ޕީޕީއެމްގެ ފަރާތުން ތ. ވޭމަންޑޫ، ކެނެރީ ވިލާ ނާއިލާ އަހުމަދު އެކަންޏެވެ. އޭނާ އެނާ އެކަނި އިންތިޚާބަށް ކުރިމަތިލުމުން މިގޮނޑި ވަނީ އިންތިޚާބަކާއި ނުލައި އޭނާއަށް ވަނީ ކާމިޔާބު ވެފައެވެ.

އިލެކްޝަނުން ބުނީ މި އިންތިޚާބުގައި ވާދަކުރެއްވުމަށް ނާއިލާގެ އިތުރުން އެމްއެންޕީގެ ކެންޑިޑޭޓެއްވެސް ނަން ހުށަހެޅިއެވެ. ނަމަވެސް ސުންގަޑި ހަމަވިއިރުވެސް ފޯމާއެކު، ހުށަހަޅަންޖެހޭ ތަކެތި ހުށަނާޅާތީ އެ ހުށަހެޅުން ގަބޫލުނުކުރުމަށް އީސީން ނިންމީކަމަށް ވަނީ ބުނެފައެވެ.

ބައި އިލެކްޝަންގައި ވާދަކުރުމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، އިންތިޚާބުކުރަން ޖެހޭ އަދަދަށް ކުރިމަތިލާފައިވާތީ، އިންތިޚާބަކާނުލައި ނާއިލާ ވަނީ ވޭމަންޑޫ ކައުންސިލްގެ އަންހެން މެމްބަރުންނަށް ޚާއްސަ ގޮނޑި ކާމިޔާބު ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.