އަޅުގަނޑު ހީކޮށްގެން ހުރީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް އަޅުގަނޑަށް ލިބޭނެކަމަށް: ޑރ.ވަހީދު

އަޅުގަނޑު ހީކޮށްގެން ހުރީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް އަޅުގަނޑަށް ލިބޭނެކަމަށް: ޑރ.ވަހީދު

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބޭނެކަމަށް ވަރަށް ބޮޑަށް އުންމީދު ކުރިކަމަށާއި، ޕީޕީއެމްއިން ވަކިވީ އެކަން ނުވުންކަމަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭންގައި ހދ.ކުޅުދުއްފުށީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ.ވަހީދު ވަނީ އޭނާ ޕީޕީއެމްއިން ވަކިވާން ޖެހުނު ސަބަބު ހިއްސާ ކުރައްވާ ކަމަށެވެ. ވަހީދު ވިދާޅުވީ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭ ހާލަތެއްގައި ޕީޕީއެމްއިން ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް އޮތީ މާކުރިންވެސް ނިންމިފައިކަމަށެވެ. އެނިންމުމަކީ ރައީސް ޔާމީންވެސް ތާއީދު ކުރާ ނިންމުމެއް ކަމަށެވެ.

އަދި ޕީއެންސީގެ ކެންޑިޑޭޓަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ތިންވަނަ އޮޕްޝަންކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. ރައީސް ވަހީދު ވިދާޅުވީ ފަހު ވަގުތާއި ހަމައަށްވެސް އުންމީދު ކޮށްގެން ހުރީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބޭނެކަމަށެވެ. ނަމަވެސް އެކަން ހިނގައިދިޔައީ ރައީސް ޔާމީންވެސް ނިންމި ގޮތަށް ނޫންކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

އަޅުގަނޑަށް ނުޖެހޭ އެތާކު ހުންނާކަށް. އަޅުގަނޑާއި ދޭތެރޭ އެގޮތަށް އެއްވެސް އިޚުތިރާމެއް ނެތި ކަންކަން ކުރުމުން އަޅުގަނޑަށް ނުޖެހޭ އެތާކު ހުންނާކަށް.

– ޑރ.ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު މިހެން ވިދާޅުވި ނަމަވެސް ރައީސް ޔަމީން ވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް ތާއީދުކުރާކަން ރަސްމީކޮށް ހާމަކޮށް ދިވެހި ރައްޔިތުން އެކަތި ގަނޑަކަށްވެ މުއިއްޒު ހޮއްވެވުމަށް އެދިވަޑައިގެންފައެވެ. ރައީސް ވަހީދު މީގެ ކުރިންވެސް މިވާހަކަ މިފަދަ ގޮތަކަށް ދެއްކުމުން ޕީޕީއެމްއިން ވަނީ މިއީ އެއްވެސް ހަގީތެއް ނެތި އަމިއްލަ މަންފާއެއް ހާސިލް ކުރެއްވުމަށް ދައްކަވާ ވާހަކަ ތަކެއްކަމަށް ވިދާޅުވެފައެވެ.

ޑރ.މުއިއްޒު ވަނީ އިންތިޚާބު ކާމިޔާބުކޮށް، ފުރަތަމަ ކުރައްވާނެ މަސައްކަތަކީ ރައީސް ޔާމީން މިނިވަން ކުރުންކަމަށެވެ. ޑރ.މުއިއްޒު ވަނީ ރައީސް ޔާމީނުގެ އިރުޝާދާއި ލަފާފުޅުގެ މަތީން ވެރިކަން ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

4 Responses

  1. ޓިކެޓެއް ދިނަސް ޔާމީނަށް ތާއީދު ކުރާހާމީހަކު ގެ ވޯޓްނުލިބިދާނެ . މުއިއްޒު އަށް ތާއީދު ކުރާނީ ހަމަ އެކަނި ޔާމީނަށް ތާއީދު ކުރާމީހުނެއް ނޫން ކަން އެދަނީ ހާމަ ވަމުން . ޓިކެޓެއް ދިނަސް ދޭން ޖެހެނީ ރައްޔިތުން ގެ ތާއީދު ހޯދޭނެ ފަދަ ފަރާތަކަށް . ހިންނަވަރުން ނާ ދ ކުޑަހުވަދޫ މާލެއިން ނެގޭވޯޓު ތަކުގަ ޕީޕީ އެމަށް ވޯޓް ނުދޭނެ ،މީހުން ވެސް ހިމެނިދާނެ .

  2. މަހިތަށް އަރަނީ ލަދުހަޔާތެއްވެސް ނުހުރެޔޭ ވެރިކަން ބޭނުންވީމަކާ ޥަހީދުއަކަށް ރައްޔިތުންގެ ތާއީދު ނެތްކަން 2013ގަ ވަނީ ރައްޔިތުން ވަރަށް ރަގަޅަށް ބުނެދީފަ ވެރިކަމުގަ ހުރެ ކުރިމަތި ލީމަވެސް ލިބުނީ ހަމައެކަނި ފަސްހާހެއްހާ ވޯޓް އެވަރުގެ މީހަކު ތިޔަބުނަނީ ތިމަންނާ ހީކުރިއްޔޭ ހިތަށްްއަރާދޯ ތިމަންނާ އަށް ވަރަށް ސަޕޯރޓް ލިބޭނެޔޭ. ޕީޕީއެމްގެ ގިނަ ސަޕޯޓަރުންވެސް ވަހީދުެަށް ވޯޓް ނުލާނެ.

  3. ތިޔަގޮތަށް ހީކުރެއްވިޔަސް އެކަން ނިންމާނީ އެ ޕާޓީގެ ކައުންސިލުން. ބޮޑާހާކާފަ ދެއަތްފޮޅާލައި ނިކުތުމުން އެ ދޭހަކޮށްދެނީ ތިމާގެ ހިތުގައި އެހެން މީހުންނާމެދު އޮންނަ ޙަސަދަވެރިކަން. ތިޔަގޮސް ބަނޑަހަޖެހިތަނުން ލޯ ލާރިއެއްވެސް ނުލިބިދޯ ދިޔައީ؟ ހަމަޔަޤީނުންވެސް ރިޔާސީ ޓިކެޓެއް ނާރުވައި.

Leave a Reply

Your email address will not be published. Required fields are marked *