ހައިވޭގައި ހަރުކުރާ ސޯލާ ޕެނަލްތަކުގެ މަސައްކަތެއް ކުރުމަށް ބައެއް ލޭންތައް ބަންދުކުރަނީ

ހައިވޭގައި ހަރުކުރާ ސޯލާ ޕެނަލްތަކުގެ މަސައްކަތެއް ކުރުމަށް ބައެއް ލޭންތައް ބަންދުކުރަނީ

ގުޅުންހުރި

ހުޅުމާލެ-މާލެ ހައިވޭގައި ހަރުކުރާ ސޯލާ ޕެނަލްތަކުގެ މަސައްކަތެއް ކުރުމަށް ހައިވޭގެ ބައެއް ލޭނުތަކުގެ ބައެއް ސަރަހައްދުތައް ބަންދު ކުރަން އެންވަޔަރަމެންޓު މިނިސްޓްރީން ނިންމައި އެކަން އިޢުކާންކޮށްފިއެވެ.

އެންވަޔަރަމެންޓު މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ސޯލާ ޕެނަލް ހަރުކުރުމާއި ގުޅޭ މަސައްކަތެއް ކުރުމަށް ލިންކު ރޯޑުގެ ހަތަރު ސަރަހައްދެއް އަދި ހުޅުމާލޭ ބޯށިމާ ހިނގުމުގެ އެއް ސަރަހައްދު ބަންދުކޮށްގެން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މާލެ-ހުޅުމާލެ ލިންކު ރޯޑު އަދި ބޯށިމާ ހިނގުމުގެ ސަރަހައްދެއްގެ ލޭނެއް ބަންދުކޮށްގެން ބޯށިމާ ހިނގުން އަދި ހައިވޭގެ ސަބްސްޓޭޝަންގެ ފައުންޑޭޝަން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީން ހާމަކޮށްފައިވާަ ގޮތުގައި މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ އާއި ހޯމަ ދުވަހުގެ ހެނދުނު 9 އިން ހަވީރު 5އަށެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ