މުއިއްޒުގެ ގިނަ ވައުދުތަކެއް ސިޔާމްގެ ދ. މީދު އަށް

މުއިއްޒުގެ ގިނަ ވައުދުތަކެއް ސިޔާމްގެ ދ. މީދު އަށް

Author
އަހުމަދު
17 އޮގަސްޓް 2023 04:21
0

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ދ. މީދު އަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފިއެވެ. މީދޫއަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލިހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ތަމްސީލް ކުރައްވާ ދާއިރާގައި ހިމެނޭ ރަށެކެވެ.

މުއިއްޒު މިއަދު މެންދުރު ފަހު، އެ ރަށަށް ވަޑައިގެންނެވުމުން ރަށުގައި ތިބި ޕީޕީއެމް/ޕީއެންސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ނުކުމެ، ވަނީ މުއިއްޒަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. އެމީހުންގެ ފަރާތުން ފެނުނީ މުއިއްޒު ހޮވަން ވަރަށް ބޮޑު ފޯރިއެއްގައި ތިބި ތަނެވެ.

މީދޫގައި ހުންނަ ޕީޕީއެމް ޖަގަހައިގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރަށުގެ ތަރައްގީ އަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އެ ތަނުން އެއް ކަމަކީ ރަށުގެ ބިން ހިއްކުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް އެ ބިމުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފިފައި ނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންވެ، މުއިއްޒު ވަނީ އެ ސަރަހައްދުގައި ގެދޮރުވެރިކޮށްދޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

މީގެއިތުރުން ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. ރަށުގެ މަގުތައް ހެދުމުން އިގްތިސާދީ ހަރަކާތްތައް ފުޅާވެ، ރަށުގައި ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެ، ވިޔަފާރިތައް ފުޅާވެގެން ދާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ދެން ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ އެ ރަށުގައި މަސްވެރިންނަށް ހާއްސަކޮށްގެން އައިސް ޕްލާންޓެއް އަޅުއްވައި ދެއްވާނެ ކަމުގެ ވައުދެވެ.

އަދި މީދޫ ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް، ލެބޯޓަރީގެ ހިދުމަތާއި އެކްސްރޭގެ ހިދުމަތް ތައާރަފްކޮށް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ފަހު ކަމަކަށް މުއިއްޒު ވައުދުވެވަޑައިގެންނެވީ އެ ރަށުގައި ސްޕޯޓްސް ކޮމްޕެލްކްސްއެއް އަޅުއްވާނެ ކަމުގެ ވައުދެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވަރަބިންދާލި ކޮތަރު
ކޮންމެފަދަ ބިނާކުރަނި ވައުދު ތަކެއް . ރައްޔިތުން ގެ ހައްޤާ ކުޅޭ ބޭނުން ވާން ޖެހެނީ މިފަދަ ވެރިން .