ޓްރީޓޮޕް އަދި ހިޔާ އޮރެންޖް ޓަވަރު ސަރަޚައްދަށް އިތުރު ބަސް ހުއްޓިއެއް

ޓްރީޓޮޕް އަދި ހިޔާ އޮރެންޖް ޓަވަރު ސަރަޚައްދަށް އިތުރު ބަސް ހުއްޓިއެއް

ގުޅުންހުރި

އެމްޓީސީސީން ދެމުން އަންނަ މާލެ-ހުޅުމާލެ އާރޓީއެލް ބަހުގެ ދަތުރުތަކުގެ އާރް 5 ރޫޓުގެ ދެ ސަރަހައްދެއްކަމުގައިވާ ޓްރީޓޮޕް އަދި، ހިޔާ ފްލެޓްގެ އޮރެންޖު ޓަވަރު ސަރަހައްދުގައި ދެ ބަސް ހުއްޓިއެއް ގާއިމްކޮށްފިއެވެ.

މިކަން ހާމަކޮށް އެމްޓީސީސީން މިއަދު ބުނެފައިވަނީ، މި ދެ ބަސް ހުއްޓިއަކީ ވެސް އެ ސަރަހައްދުގައި ބަހުގެ ޚިދުމަތް ބޭނުން ކުރާ ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން ޤާއިމު ކުރެވިފައިވާ ދެ ބަސް ހުއްޓިކަމުގައެވެ.

މި ރޫޓުގައި މިހާރު ހުރި ބަސް ހުއްޓިތައް ޤާއިމު ކުރެވިފައި ހުންނަނީ، ހުޅުމާލެ ފެރީޓާމިނަލްއާއި، އޯޝަން ފްރޮންޓް ރެސިޑެންސް އާއި، ސީއެޗްއެސްއާއި، ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސް އާއި ސެންޓްރޯ މޯލް އާއި، ފްލެޓް ނަންބަރު 147 އާއި، ފްލެޓް ނަންބަރު 120 އާއި، އޮރެންޖް ހިޔާ އަދި ޓްރީޓޮޕް ހޮސްޕިޓަލުގެ އިތުރުން އުމަރު ޒާހިރު ބިލްޑިން ކައިރީގައެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނެފައިވަނީ، އާރް 5 ރޫޓުގެ ޝެޑިއުލަށް މިހާރު ބަދަލުގެނެވިފައިވާ ކަމަށާއި އެ ގޮތުން މިހާރު އެ ރޫޓުގެ ޝެޑިއުލް ދަތުރުތަށް ކުރަން ހަމަ ޖެހިފައި ވަނީ، ހެނދުނު 6:00 އިން ފެށިގެން ރޭގަނޑު 22:30 އާ ހަމައަށް ކަމުގައެވެ.

މިދިޔަ ހަފްތާ ވެސް އެމްޓީސީސީން ވަނީ ހުޅުމާލޭގެ ދެވަނަފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އެދުމުގެ މަތިން އިތުރު ބަސް ހުއްޓިއެއް ޤާއިމު ކޮށްދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ