ފޯޖަރީ މައްސަލައިގެ ތަހުގީގަށް ސްޓެޕް އައްޔަ ހޯދަނީ

ފޯޖަރީ މައްސަލައިގެ ތަހުގީގަށް ސްޓެޕް އައްޔަ ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
16 އޮގަސްޓް 2023 09:08
0

ފޯޖަރީ މައްސަލައިގެ ތަހުގީގަށް އަލީ ޝާހިދު (ސްޓޭޕް އައްޔަ) ހޯދަން އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާ ފޯޖަރީގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އެންގުމަށް ކަމުގައެވެ.

– ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ކ. މާލެ/ ދަފްތަރު ނަންބަރު ދރ 053، ޢަލީ ޝާހިދު (43އ)
– އައިޑީ ކާޑު ނަންބަރު: A101963
– ހާޒިރުކުރެވޭ ހައިސިއްޔަތު: ފޯޖަރީ މައްސަލައިގެ ތަހުގީގަށް، ސުވާލުކުރުމަށް

ސްޓެޕް އައްޔަ ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑިއަކީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގެވެ. އޭނާ ހާޒިވާން އަންގާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގެ 11:30 އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.