ދައުލަތުގެ ފައިސާ އިން ބޮޑު ލާރިއެއްގައި ވެސް ނުޖެހޭނަން: ގާސިމް

ދައުލަތުގެ ފައިސާ އިން ބޮޑު ލާރިއެއްގައި ވެސް ނުޖެހޭނަން: ގާސިމް

Author
ހުސެއިން
16 އޮގަސްޓް 2023 01:18
0

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުން އެމަނިކުފާނު ރާއްޖޭގެ ރައީސްކަމުގެ މަގާމަށް އިންތޚާބު ކޮށްފިނަމަ ދައުލަތުގެ ފައިސާއިން ބޮޑު ލާރިއެއްގަވެސް ނުޖެހޭނެ ކަމުގައި ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.

ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބުރާހިމް މިހެން ވިދާޅުވީ ދަރުމަވެރިންނާއި ކުޅުންތެރިންނާއި ކްލަބު ޖަމިއްޔާތަކާއި އެސޯސިއޭޝަންތަކާ ބައްދަލު ކުރެއްވުމަށް މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވަނީ ކުރާނެ މަސައްކަތެއް ނެތި، ގޮތް ހުސްވެގެން ނޫން ކަމަށާއި އެމަނިކުފާނު ދައުލަތުގެ ބޮޑު ލާރިއެއްގަވެސް ޖެހިވަޑައި ނުގަންނަވާނެ ކަމުގެ ހެއްކަކީ އެމްއެމްއޭގެ ގަވަރުނަރުކަމާއި ފިނޭންސް މިނިސްޓަރު ކަން ފަދަ ދައުލަތުގެ އެކިއެކި މަގާމުތައް އަދާކުރެއްވި އިރު، ދައުލަތުން ވިލާ ތިޖޫރި އަށް ބައި ސެންޓު ވެސް ވަދެފައި ނުވާނެ ނުވުން ކަމުގައެވެ.

އަޅުގަނޑު ހަމަގައިމު ވެސް ދައުލަތުގެ ފައިސާ އިން ބޮޑު ލާރިއެއްގައި ވެސް ނުޖެހޭނަން. އަޅުގަނޑު ފިނޭންސް މިނިސްޓަރުކަމާއި ސެންޓްރަލް ގަވަރުނަރުކަމާއި އައިއެމްއެފާއި ވޯލްޑް ބޭންކަށް ކަނޑައަޅާފައިވާ ގަވަރުނަރުކަމާއި ހޯމް މިނިސްޓަރުކަމާއި ރައްޔިތުންގެ ހާއްސަ މަޖިލިހުގެ ރައީސް ކަމަށާއި ރައްޔިތުންގެ މަޖިލިސްކަން ކޮށްފައި ހުރި. އަތުގައި ލާރި ޖެހޭނެ ކަންކަން ވެސް އެބަހުރި. އެންމެ ގިނަ ލާރި އަތުޖެހޭނެ ކަންކަން ވެސް އެބަހުރި ދެއްތޯ؟"

ރާއްޖޭގެ ވެރިކަން ކުރުމުގެ ފުރުސަތު ރައްޔިތުން ދީފިނަމަ، ދައުލަތުގެ ފައިސާއަށް އިޚްލާސްތެރިވާނެކަމަށް ވިދާޅުވަމުން ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ ރަނިންމޭޓް އަމީން އިބުރާހިމްވެސް ބައިވެރިވި މިރޭގެ ހަފްލާގައި ވާހަކަ ދައްކަވަމުން ގާސިމް އިތުރަށް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ކުރިމަތިލެއްވީ ހުރިހާގޮތަކުންވެސް ގައުމަށް އެންމެ ރަގަޅު ގޮތަކީ ކޮބައިތޯ ބަލާ، އެކަންކަން ކުރިއެރުވުމަށް ކަމުގައެވެ. އަދި ގާސިމް ވިދާޅުވީ ރާއްޖޭގެ ވެރިކަމާ ހަވާލުވާ ވެރިންގެ ކިބައިން ފެންނަމުން ދަނީ ބޮޑެތި އަދަތުތަކުން ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރި ވަމުންދާ މަންޒަރު ކަމުގައެވެ.

އަޅުގަނޑަށް ފެންނަނީ އެހެން ވިދާޅުވާ ބޭފުޅުންގެ ތިޖޫރި އަށް (ފައިސާ) ވަދެގެން އަންނަ ތަން.

ގައުމަށް އިޚްލާސްތެރި ވާނެކަމަށް ވިދާޅުވި ނަމަވެސް ރާއްޖޭގެ ވެރިން ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރި ވަމުންދާކަމަށް މޭރުން ކުރައްވަމުން ގާސިމް ވިދާޅުވިއެވެ.

މިރޭގެ ހަފްލާގައި ގާސިމްވަނީ މިފަހަރު ރައްޔިތުން އެމަނިކުފާނަށް ފުރުސަތު ނުދޭންވީ ސަބަބެއް ނެތްކަމަށް ވިދާޅުވެ، ރައްޔިތުން އެމަނިކުފާނަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައިމިނަ
ބޮޑުލާރި ކުޑަލާރިއެއް މިހާރަކު ނުހުރެއެވެ. މިހާރު ވާނެގޮތަކީ ސްޓެލްކޯ، އެމްޑަބްލިޔޫއެސްސީ، އެމްޓީސީސީ ތަންތަނުގެ ކުރިޔަށް "ވިލާ" އިތުރުވާނީއެވެ.
ބ ބިރުބޮދު
ޤާސިމްއެބުނަނީ ބޮޑުދޮގެއް ޤާސިމް ވެރިކަމަށް އައުމަށް ފަހު ނާސިރު ފިހާރަތަށް ހުރިގޮތަށް މާލޭގެ ހުރިހާ ފިހާރައެއްވިއްޔާ މުޅިންހުންނާނީ ހުސްވިލާ ފިހާރަ ވަރަށް ވަރަށް ސާފް އިނގޭތޯ