ނ. ޅޮހީ ފެނާއި ނަރުދަމާގެ މަޝްރޫއު ހިންގުމަށް ހަވާލު ކުރި ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލްކޮށްފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ޅޮހީ ފެނާއި ނަރުދަމާގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ ހައުސިން މިނިސްޓްރީ އާ ދެމެދުގައި ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އެ މަސައްކަތް ނިންމަން ދިނީ ދެ އަހަރު ދުވަހުގެ މުއްދަތެކެވެ. އެކަމަކު، މިއަދާ ހަމައަށް އައިއިރު ވެސް އެ މަސައްކަތް ނިމިފައެއް ނުވެއެވެ.
ޅޮހީގައި މިއަދު ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ އެ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމަކީ އެންމެ ފުރަތަމަ ހަވާލު ކުރި އެއް މަސައްކަތް ކަމަށެވެ. އޭރު އެ މަސައްކަތް ހަވާލު ކުރި ފަރާތަކީ އެންމެ ރަނގަޅަށް އޭރު މަސައްކަތް ކުރާ އެއް ފަރާތް ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް ދުވަހަކަށް ވުރެ ދުވަހެއް ލަސްވަމުން ގޮސް، މިހާރު މަސައްކަތް އޮތީ މަޑު ޖެހިފައި ކަމަށް ރައީސް ވިދާޅުވިއެވެ. ކޮންޓްރެކްޓް ބާތިލް ނުކޮށް، އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް ބަލަން މަޝްވަރާ ކުރެއްވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ނަމަވެސް އަލިމަގެއް ނުފެނުމުން މިއަދު އަޅުގަނޑުމެން ނިންމާފައި ވަނީ ކޮންޓްރެކްޓް ބާތިލްކޮށް އަލުން މި މަސައްކަތް ސަރުކާރުގެ ކޮންމެވެސް ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަން،" ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އެ މަސައްކަތް ފެށިގެންދާ ތަން ފެނިގެންދާނެ،"
ޅޮއްސަށް ރައީސް ވެވަޑައިގެންނެވި ވައުދުތައް:
– ގިރާސަރަަހައްދު ހިމާޔަތްކުރުން.
– ޓޫރިސްޓުންނަށް ވަކި ބީޗެއް.
– 24 ގަޑިއިރަށް ހެލްތު ސެންޓަރު ބަދަލުކޮށް ލެބޯޓަރީއެއް ގާއިމްކުރުން.
– މަލްޓިޕާޕަސް ހޯލާއި ރިސޯސް ރޫމްތައް ގާއިމްކުރުން.
– ޔޫތު ސެންޓަރެއް.
– ފެނުގެ ނިޒާމްގެ މަސައްކަތް ސަރުކާރު ކުންފުންޏަކަށް ދީގެން ނިންމުން
One Response
ނުވާނެ އެއްކަމެއްވެސް މިޔަދުތަ ބާތިލްކުރަންވީ އެއްބަޔަކައްނުވެގެންއެހެންބަޔަކައްދީގެންވެސް ފަސްއަހަރުން އެއްކަމެއްވެސްނުރުރުވުން އޭރު ވީ ވައުދުތައްނުފުއްދި އަނެއްކާވެސް އެވައުދުތަކާ އާވައުދުނުވޭ