ކުރީގެ ރައީސް، އަދި އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްގެ ބާނީ، މުހައްމަދު ނަޝީދު، ކުރީގެ ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލީ ތާއީދު ގެއްލި ގޮތް ހުސްވެގެން ކަމުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދު ވިދާޅުވެއްޖެއެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމިން މިނިވަން ކުރަން މުޒާހިރާއަށް ނަޝީދު ނިކުންނަވާނެ ކަމަށް ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ޕީޕީއެމްގެ އެހީތެރިކަން ހޯދުމަށް ކަމަށާއި، ހެޔޮ ނިޔަތެއް އޮތްނަމަ އެކަމަށް ގޮވާލާނީ މިއަދަކު ނޫން ކަމުގައެވެ.
އަދި އޭނާ ވިދާޅުވީ ޔާމިން މިނިވަން ކުރުމަށް ނަޝީދަށް ގޮވާލަން ޖެހުނީ ގޮތް ހުސްވެ، އޮތް ތާއީދުވެސް ފުނޑެމުން ދާތީ ކަމަށާއި އެއީ ޕީޕީއެމްގެ ރުހުން ހޯދުމަށް ޖެހި މަޅިއެއް ކަމުގައެވެ.
RY minivan kuran muzaahiraa ah RN nukunnavaane kamah vidhaalhu v ppm ge ehee hoadhumah .heyo niyatheh nama miadhaku noon ekamah govaalaanee.goih husve thaaidh faduvamundhaathee ppm ge ruhun hoadhumah jehi malhi eh.
— Saudulla Ahmed (@saudullaahmed1) August 9, 2023
ނަޝީދު ޔާމިން މިނިވަން ކުރުމަށް ގޮވާލީ ގޮތް ހުސްވެ ޕީޕީއެމްގެ ތާއީދު ހޯދުމަށްކަމަށް ސައުދު ވިދާޅުވެފައިވާއިރު، ޑިމޮކްރެޓްސްއިން މިހާރު ކުރަމުންދާ ކެމްޕޭންގައި ރަށްތަކުގައި އެޕާޓީއަށް މާބޮޑު ތާއީދެއް ނެތްކަން ފާހަގަ ކޮށްލެވެއެވެ.
މިހަފްތާގަ ފުވައްމުލަކުގައި ދަ ޑިމޮކްރެޓްސްއިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދުވަނީ ރައީސް ޔާމިން މިނިވަންކުރުމަށް ގޮވާލާފައެވެ. އެހެންނަމަވެސް ނަޝީދު ޔާމިން މިނިވަން ކުރުމަށް ގޮވާލީ އިޚްލާސްތެރިކަމެއް އޮވެގެންކަމަށް ޚުދު ޕީޕީއެމްގެ ގިނަބަޔަކުވެސް ގަބޫލު ކުރަމުންނެއް ނުދެއެވެ.
ކޮމެންޓު ފޮނުވާ