އިންތިޚާބާއި ގުޅިގެން މީހުން ހައްޔަރުކޮށް ތަންތަނުގައި ހުޅުޖަހައިގެން ނުވާނެ: ނަޝީދު

އިންތިޚާބާއި ގުޅިގެން މީހުން ހައްޔަރުކޮށް ތަންތަނުގައި ހުޅުޖަހައިގެން ނުވާނެ: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
08 އޮގަސްޓް 2023 10:56
0

ރިޔާސީ އިންތިޚާބާއި ގުޅިގެން ޚިޔާލް ފާޅުކުރުމާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްގެން ނުވާނެކަމަށާއި، އަދި ސިޔާސީ ހަރަކާތް ހިންގުމަށް ހުރަސް އަޅަން ތަންތަނުގައި ހުޅުޖަހައި މުދަލަށް ގެއްލުން ދީގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ކެމްޕެއިން ދަތުރުފުޅެއްގައި ގދ. މަޑަވެއްޔަށް ވަޑައިގެން އެ ރަށުގައި ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ބަޔަކު ހުޅުޖަހައި ރޯކޮށްލުމާއި ގުޅިގެންނެވެ. އެރަށުގައި ޖަލްސާ ބޭއްވުމަށް ހަދާފައިވާ ތަނުގައި ބަޔަކު ރޯކޮށްލާ އެތަނުގައި ހުރި ހުރިހާ އެއްޗަކަށް ވަނީ ގެއްލުންދީފައެވެ. އެ ތަނުގައި ބަޔަކު ރޯކޮށްލާފައިވަނީ ރޭގެ ފަތިހުގެ ވަގުތެއްކަމަށް އެނގިފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ހަރަކާތް ހިންގަންވާނީ ސުލްހަވެރި ކަމާއިއެކުގައި ކަމަށެވެ. އެއްވެސް ހާލެއްގައި މީހުން ހައްޔަރުކޮށް، ތަންތަނުގައި ހުޅުޖަހައި މުދަލަށް ގެއްލުން ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންތިޚާބާއި ގުޅިގެން މީހުން ހައްޔަރުކޮށް އަދި ތަންތަން ރޯކޮށް މުދަލަށް ގެއްލުންދީ ހަދައިގެން ނުވާނެ. މަޑަވެލި އެމްޑީޕީ ޖަގަހާގައި ހުޅުޖެހުން ކުށްވެރިކުރަން.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ ރޭގެ ރައީސް ޞާލިހު ކުޑަހުވަދޫއަށް ވަޑައިިގެންނެވުމުން ޝުއޫރު ފާޅު ކުރި ޑިމޮކްރެޓްސްގެ މެމްބަރު މައުރޫފް ހައްޔަރު ކުރިކުރުންވެސް ކުށްވެރި ކޮށްފައެވެ.

ކުޑަހުވަދޫ ޑިމޮކްރެޓްސްގެ އިންޓަރިމް މެމްބަރު އަހުމަދު މައުރޫފް ހައްޔަރު ކުރަނީ އޭނަގެ ގޭގައި ޝުއޫރު ފާޅުކުރަނިކޮށް. ފުލުހުން މިހާރު ތިޔަ ޢަމަލު ކުރައްވަނީ ޤާނޫނީ އިމުން ބޭރުން.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން އެކި ޕާޓީތަކުން ކުރަމުންދާއިރު، އިންތިޚާބުގައި މިހާތަނަށް އެންމެ ގިނަ ރަށްތަކަށް ވަޑައިގެން ކެމްޕެއިން ކުރައްވަންދާ ރައީސް ޞާލިހު ރަށްރަށަށް ވަޑައިގެންނެވުމުން އެރަށްރަށުގައި ނުރުހުން ފާޅުކޮށް އަޑު އުފުލަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.