ވިހޭ އިރުގައި ދަރިފުޅުގެ ހިތުގައި ދެ ލޯވަޅު އިންކަމަށް މިފަހުން މަޔަކަށްވި ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫ ބުނެފިއެވެ.
މިވާހަކަތަށް އޭނާ ހިއްސާ ކޮށްފައިވަނީ ބަތަލާ ނޭހާ ދޫޕިއާ ގެނެސްދޭން ފެށި ޝޯއެއްގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ދެއްކި ވާހަކަ ތަކުގައިއެވެ. ބިޕާޝާ ބުނީ އެހަބަރު ވެގެން ދިއައީ އޭނާގެ ހިތް ފަޅައިގެން ދިއަ ފަދަ ހަބަރަކަށް ކަމަށެވެ.
ބިޕާޝާ ބުނީ ދަރިފުޅުގެ ހިތުގައި ދެ ލޯވަޅު ހުރެގެން މިހާއު ސާޖަރީއެއް ހަދާފައިވާ ކަމަށެވެ. ނޮވެމްބަރު މަހުގެ 12 އުފަންވި ދޭވީ ބާސޫ ސިންގް ގްރޯވާގެ ހިތުގައި ދެ ލޯވަޅު އިންކަން އެނގުނީ ދަރިފުޅު ވިހޭތާ ތިން ދުވަސް ކަމަށެވެ.
އަދި ޑޮކްޓަރިންގެ ފަރާތުން ލިބުނު އެ ހަބަރާ އެކީ ހިތްފަޅައިގެންދާ ވަރުވި ކަމަށާއި ދެން އެކަމާ ކުރިމަތިލީ ފިރިމީހާ ކަރަން ސިންގް ގްރޯވާ މުޅި އާއިލާ ދިން ހިތްވަރުން ކަމަށް ބިޕާޝާ ބުންޏެވެ.
އިތުރަށް ވާހަކަ ދައްކަމުން ބިޕާޝާ ބުނީ އޭނާގެ ދަރިފުޅަށް 3 މަހުގައި ސާޖަރީއެއް ހަދައިފައިވާ ކަމަށެވެ އޭނަ ބުނީ ސާޖަރީ އަށް ފަހު ދަރިފުޅުގެ ސިއްހީ ހާލަތު މިހާރު ރަނގަޅު ކަމަށެވެ.
ބިޕާޝާ ބުނީ އޭނާ އެވާހަކަ ތަށް ހިއްސާ ކުރި އަފަދަ މައިންނަށް އެހީއެއްގެ ގޮތުން ކަމަށެވެ. އަދި އެފަދަ ހަބަރުތަކަކީ ވަރަށް ހިތަށް އަސަރު ކުރާ ހަބަރުތަކެއް ކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.
ބިޕާޝާ އާއި ކަރަން ކައިވެނި ކުރީ 2016 ވަނަ އަހަރުގައިއެވެ. އެމީހުންގެ އަލަތު ދަރިފުޅު ދޭވީ ލިބުނީ އެމީހުންގެ ކައިވެންޏަށް 6 އަހަރެއްހައި ދުވަސް ފަހުންނެވެ.
ކޮމެންޓު ފޮނުވާ