ޑރ.ޝައުގީ ޖޭޕީއާއި ގުޅިވަޑައިގެންފި

ޑރ.ޝައުގީ ޖޭޕީއާއި ގުޅިވަޑައިގެންފި

Author
އަޒްފާ ރަޝީދު
06 އޮގަސްޓް 2023 01:09
0

ރައީސް މައުމޫނުގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓަރުކަން ކުރައްވައިފައިވާ ޑރ މަހްމޫދު ޝައުގީ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަންނަވައިފިއެވެ.

ޑރ ޝައުގީ ޖޭޕީއަށް ސޮއިކުރައްވައިފައިވަނީ މިއަދު އެކަމަށްޓަކައި ޖުމްހޫރީ ޕާޓީގެ މައި އޮފީސް، މ.ކުނޫޒްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، އެ ޕާޓީއާއި ގުޅިވަޑައިގަންނަވާ ކޮންމެ ބޭފުޅަކީވެެސް ނުހަނު އަމާނާތްތެރި ތެދުވެރި އަދި މުރުއްވަތްތެރި ބޭފުޅެއް ކަމުގައިވުމުން އެކަމާ ވަރަށް ބޮޑަށް އުފާ ކުރައްވާކަމުގައެވެ.

އަދި މަހުމޫދު ޝައުގީއަކީ ގާސިމްއާއެކު ކެބިނެޓްގައިވެސް މަސައްކަތް ކުރެއްވި ގާތްބޭފުޅެއްގެ ގޮތުގައި ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ، ޝައުގީއަކީ ހަވާލުކުރެއްވި ކޮންމެ ޓާސްކެއް ނުހަނު ފުރިހަމަ ކަމާއެކު އަދާކުރައްވާ ބޭފުޅެއް ކަމުގައެވެ.

ގާސިމް އިތުރަށް ވިދާޅުވީ ގައުމު މިއަދު މި އޮތް ހާލަތުން ސަލާމަތް ކުރުމަށްޓަކައި ގައުމުގެ އިސްތިގްލާލަތާއި ސިޔާދަތު ނަގަހައްޓައި ދަމަހައްޓަމުން އަންނާނެ ހެޔޮލަފާ ވެރިއަކު އައްޔަން ކުރުން މުހިއްމު ކަމުގައެވެ.

ގާސިމް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާއިރު، އަދި މިހާތަނަށް ރަނިންގމޭޓަކު އިޢުލާން ކުރައްވާފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.