ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނާޒިމް ފޯމް ހުށަހަޅުއްވައިފި

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނާޒިމް ފޯމް ހުށަހަޅުއްވައިފި

Author
އަހުމަދު
06 އޮގަސްޓް 2023 11:55
0

އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅުއްވައިފިއެވެ.

ދަރުބާރުގޭގައި ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕާޓީގެ ފަރާތުން ފޯމު އިލެކްޝަންސްއާ ހަވާލު ކުރެއްވީ ނާޒިމެވެ. ނާޒިމްގެ ފޯމާ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.

މަޖިލިހުގެ ދަނގެތި ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ނާޒިމްގެ ރަނިންމޭޓަކަށް ހަމަޖެއްސީ އައްޑޫ ހިތަދޫ ދެކުނު ދާއިރާއަށް ފާއިތުވެދިޔަ އްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރެއްވި ޑރ. އަހުމަދު އަދީލެވެ.

ޑރ. އަދީލްއަކީ ފުރަތަމަ ޑިގްރީ ހާސިލް ކުރައްވާފައިވަނީ ސްރީ ލަންކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންއިންނެވެ. އެއަށްފަހު އޭނާ ވަނީ މެލޭޝިއާގެ ޔުނިވަސިޓީ އޮފް މަލާޔާއިން ޓީޗިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައެވެ. އޭނާ ޕީއެޗްޑީ ޙާސިލް ކުރެއްވީ ކިޔަވާދިނުމާއި ސްކޫލް މެނޭޖްމަންޓްގެ ދާއިރާއިންނެވެ. ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވީ ބުރޫނާއިގެ ދާރުއްސަލާމް ޔުނިވާސިޓީންނެވެ.

ނާޒިމްގެ ކެމްޕޭން ލޯންޗްކޮށް ކެމްޕޭންގެ ސްލޯގަން އަކީ "އުޖާލާ ޒަމާން"މިއެވެ. އެ ޕާޓީން ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.