އިލިއާނާ ވިހައިފި، ލިބުނީ ފިރިހެން ކުއްޖެއް

އިލިއާނާ ވިހައިފި، ލިބުނީ ފިރިހެން ކުއްޖެއް

Author
ފާތިމަތު ނާވީ
07 އޮގަސްޓް 2023 08:55
0

ބޮލީވުޑްގެ ބަތަލާ އިލިއާނާ ޑިކުރޫޒް ވިހައިފިއެވެ. އިލިއާނާ ބަނޑުބޮޑުކަން އިއުލާން ކޮށް ގިނަ ބަޔަކު ސިއްސުވައިލައިފައި ވަނީ މިއަހަރުގެ އެޕްރިލް މަހުގެ ތެރޭގައިއެވެ.

ގިނަބަޔަކަށް މިހަބަރު ވެގެން ގޮސްފައިވަނީ ވަރަށް ޝޮކިންގ ހަބަރަކަށެވެ. ސަބަބަކީ އިލިއާނާ ބަލިވެ އިންކަން އިއުލާން ކުރި އިރުގައި އޭނާ އަދި ކައިވެންޏެއް ނުކުރެއެވެ. އަދި ހަމަ އެއާއި އެކުގައި އޭނާ އޭރު އުޅުނީ ލޯބީގެ ގޮތުން ކާކާ ގުޅިގެން ކަމެއްވެސް ނޭގެއެވެ. ބަނޑުބޮޑުކަން އިއުލާން ކުރުމާއި އެކުގައި ގިން މީޑީއާތަކުން ވަނީ އޭނާ ފޮލޯ ކުރަން ފަށައިފައިއެވެ.

އޭނާ ބަނޑުބޮޑުވިކަން އިއުލާން ކުރުމަށްފަހު ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވިކަން ފާހަގަ ކޮށްލެވެ. އެގޮތުން އޭނާ ބަނޑުބޮޑު އިރުގެ ފޮޓޯތަށް އަދި ބައެއް އަމިއްލަ ދިރިއުޅުމުގެ ކަންކަން ވެސް ދިއައީ ހިއްސާ ކުރަމުންނެވެ.

 

View this post on Instagram

 

A post shared by Ileana D’Cruz (@ileana_official)

އެޕްރިލް 18 ގައި ބަނޑޫބޮޑޫކަން އިއުލާން ކުރި ބަތަލާ ވިހެއި ހަބަރު ހިއްސާކުރީ މިހަފްތާގެ ތެރޭގައިއެވެ. މި އުފާވެރި ޚަބަރު އޭނާ ވަނީ ހޮނިހިރު ދުވަހު (އޮގަސްޓް 5) އޭނާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮން ހިއްސާކޮށްފަ އެވެ.

އަދި ހަމަ އެއާއި އެކުގައި އިލިއާނާ ވަނީ އޭނާގެ ތުއްތު ދަރިފުޅުގެ ފުރަތަމަ ފޮޓޯ އާއި އޭނާގެ ނަން ވެސް ހިއްސާކޮށްފަ އެވެ. އެ ފޮޓޯގައި ތުއްތު ތުއްތު ދަރިފުޅު ފެންނަނީ ހަމަހިމޭންކަމާއެކު ނިދާފައި އޮތް މަންޒަރެވެ. އިލިއާނާ ގެ ދަރިފުޅުގެ ނަމަކީ ކޮއާ ފީނިކްސް ޑޮލަން އެވެ. އޭނާ ކޯއާ ވިހާފައި ވަނީ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު އެވެ.

 

View this post on Instagram

 

A post shared by Ileana D’Cruz (@ileana_official)

އިލިއާނާ އެންމެ ފަހުން ފެނިގެން ދިޔައީ އަބީޝެކް ބައްޗަން އާ އެކު ކުޅުނު "ބިގް ބުލް" އިންނެވެ. ޑައިރެކްޓަރު ކޫކީ ގުލާޓީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އަޖޭ ދޭވްގަން ޕްރޮޑިއުސްކުރި ފިލްމެކެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ރަންދީޕް ހޫޑާއާ އެކު "އަންފެއާ އެންޑް ލަވްލީ" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.